އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްލަ 14 ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
މި އިންތިޚާބުގެ ދެވަނަ ބުރު 5 ދާއިރާއެއްގައި ބާއްވަން ޖެހުނީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ފުރަތަމަ ބުރުގައި ކެންޑިޑޭޓުންނަށް އެއްވަރަކަށް ވޯޓު ލިބިފައިވާތީއެވެ. ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ ބ. ދޮންފަނު ކައުންސިލާއި، ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ އިތުރުން ހއ. ކެލާ، ހދ. ނޭކުރެންދޫ އަދި ލ. މާވަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިތަކަށެވެ. މީގެ ތެރޭގައި ކައުންސިލްގެ އަންހެނުންނަށް ޚާއްސަ ގޮނޑިތަކާއި ކޮމިޓީގެ ރައީސްގެ މަގާމު ހިމެނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، ކެލާ، މާވަށް އަދި ދަޑިމަގު އަވަށުގެ ކޮންމެ ރަށެއްގައި 2 ފޮށި ބަހައްޓާއިރު، ނޭކުރެންދޫ އާއި ދޮންފަނުގެ ކޮންމެ ރަށެއްގައި ބަހައްޓާނީ އެއް ފޮށްޓެވެ. މީގެ އިތުރުން މާލޭގައި ދިރިއުޅޭ މި ދާއިރާތަކުގެ ރައްޔިތުންނަށް ޚާއްސަކޮށްގެން މާލޭގައި 6 ވޯޓު ފޮށި ބަހައްޓާނެއެވެ. މާލޭގައި ވޯޓު ފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ތާޖުދިއްދީން ސްކޫލް، ހިރިޔާ ސްކޫލް އަދި ދަރުމަވަންތަ ސްކޫލުގައެވެ.
ކޮމިޝަނުން ބުނިގޮތުގައި، ފުރަތަމަ ބުރުގައި މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކުން އަލުން ރީ-ރަޖިސްޓަރ ނުކުރާނަމަ، ދެވަނަ ބުރުގައިވެސް ވޯޓުލާން ޖެހޭނީ މާލޭގައި ބަހައްޓާފައިވާ ފޮށިތަކަށެވެ. ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލާފައިވަނީ މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 16:00 އާއި ހަމައަށެވެ.
އޭގެއިތުރުން އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒަރވްކޮށް މޮނިޓަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞާތު ހުޅުވާލާފައިވަނީ އިއްޔެއިން ފެށިގެން މި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ނިޔަލަށެވެ.
މި މަހުގެ 4 ވަނަ ދުވަހު ބޭއްވުނު އިންތިޚާބަކީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު ވޯޓުލީ އިންތިޚާބެވެ. އެގޮތުން ޖުމްލަ 215,346 މީހުން ވޯޓުލާފައިވާއިރު، މިއީ ވޯޓުލުމުގެ ޙައްގު ލިބިގެންވާ މީހުންގެ 73 އިންސައްތައަށްވުރެ އިތުރު އަދަދެކެވެ.
މި އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. ރާއްޖޭގެ ފަސް ސިޓީ ހިމެނޭހެން، އިންތިޚާބުގެ ބޮޑު އަޣުލަބިއްޔަތެއް ހޯދާފައިވަނީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިންނެވެ.

ކިޔުންތެރިންގެ ހިޔާލު