މިނިސްޓަރު ރާފިއުގެ ވާހަކަތަކާ ގުޅިގެން ރާއްޖޭގެ ފުޓްސަލް ތާރީޚާ މެދު "ބޮޑު އޮޅުމެއް" އަރައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ދެއްކެވި ވާހަކަފުޅަކާ ގުޅިގެން، ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގެ ތާރީޚީ ހަގީގަތްތަކާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ރާއްޖޭގައި ފުރަތަމަ ފަހަރަށް ފުޓްބޯލް އެސޯސިއޭޝަނުން (އެފްއޭއެމް) ސްކޮޑެއް އެކުލަވާލައި، ގައުމީ ޓީމެއްގެ ރަސްމީ ހައިސިއްޔަތު ލިބިގެންދިޔައީ މިދިޔަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހު އެވެ. އަދި މި ޓީމު ތައިލެންޑުގައި ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ނިންމައި ޖެނުއަރީ 12 ގައި އެނބުރި އައިސްފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ނަމަވެސް، މިނިސްޓަރުގެ މި ވާހަކަފުޅަކީ ރާއްޖޭގެ ފުޓްސަލް ތާރީޚާ ވަރަށް ބޮޑަށް ފުށުއަރާ ވާހަކައެކެވެ. ރާއްޖޭގައި ގައުމީ ފެންވަރުގެ ފުޓްސަލް ޓީމެއް އެކުލަވާލައިގެން މަސައްކަތް ކުރާތާ މިހާރު 20 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މިދިޔަ އަހަރުތަކުގައި ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ގައުމީ ޓީމު ވަނީ ވާދަކޮށްފަ އެވެ.
އެގޮތުން 2017 ވަނަ އަހަރުގެ އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސްގެ އިތުރުން، 2022، 2024 އަދި 2025 ވަނަ އަހަރުގެ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ގައުމީ ޓީމު ކުޅެފައިވެ އެވެ. ޚާއްސަކޮށް، މިދިޔަ ސެޕްޓެމްބަރު މަހު މިޔަންމާގައި އޮތް މުބާރާތަކީ މި ސަރުކާރުން ބަޖެޓް ދީގެން ގައުމީ ޓީމުގެ ނަމުގައި ވާދަކުރި މުބާރާތެކެވެ.
މިނިސްޓަރުގެ ވާހަކައިން ދޭހަވާ ގޮތުގައި، ޑިސެމްބަރު 2 ގެ ކުރިން ގައުމީ ޖާޒީގައި ރާއްޖެ ތަމްސީލުކުރި އެއްވެސް ޓީމަކީ "ރަސްމީ" ގައުމީ ޓީމެއް ނޫނެވެ. މިއީ އެތައް އަހަރެއް ވަންދެން ގައުމީ ލެވަލްގައި ފުޓްސަލް ކުރިއަރުވަން މަސައްކަތްކުރި ފަރާތްތަކުގެ އަގު ވަޒަންނުކުރެވޭ ފަދަ އޮޅުމެއް ކަމަށް ބެލެވެ އެވެ.

ކިޔުންތެރިންގެ ހިޔާލު