ބަންޑާރަ ގޯއްޗެއް ލިބިފައިވާ މީހަކު މަރުވާ ހާލަތުގައި، އެ މީހެއްގެ މައިމުޅަވާ ދަރިންނަށް އެ ބިމުން ބައެއް ލިބޭ ގޮތަށް ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިނުގަންނަން ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.
މިއަދުގެ ޖަލްސާގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ މި ބިލު ބަލައިގަތުމާ މެދު ނެގި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 59 މެންބަރުންގެ ތެރެއިން 49 މެންބަރުން ވޯޓު ދެއްވީ ބިލު ބަލައިގަންނަން ނުފެންނަ ކަމަށެވެ. ބިލު ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 9 މެންބަރުންނެވެ. ވަކިކޮޅަކަށް ވޯޓު ދޭން ބޭނުން ނުވި މެންބަރަކު ނެތެވެ.
މި ބިލުގައި ހުށަހަޅާފައިވާ މައިގަނޑު އިސްލާހަކީ، ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވަނިކޮށް އެ މީހަކު މަރުވާ ހާލަތުގައި، އެ ގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ، ބިމުގެ ތަނަވަސްކަން ލިބިފައިނުވާ މައިމުޅަވާ ދަރިންނަށް ބިމުން ބައެއް ލިބޭ ގޮތަށް ހަމަޖެއްސުމެވެ.
އިސްލާމީ ޝަރީޢަތުގައި "މައިމުޅަވުން" ނުވަތަ "މައިމުޅަވާ ދަރިން" ކަމަށް ބަލަނީ، މަންމަ ނުވަތަ ބައްޕަ ދުނިޔޭގައި ހުއްޓާ ދަރިއަކު މަރުވެ، އެ ދަރިފުޅުގެ ކުދިން ތިބޭ ހާލަތަށެވެ. މިފަދަ ހާލަތްތަކުގައި ކާފަ ނުވަތަ މާމަގެ ފަރާތުން ވާރުތަވާ މުދަލުން އެ ކުދިން މަހުރޫމުވާތީ، އެކަމަށް ހައްލެއް ހޯދައިދިނުމަކީ މި ބިލުގެ މަގުސަދެއް ކަމަށް ހުށަހެޅުއްވި މެންބަރު ވަނީ ފާހަގަކުރައްވާފައެވެ.
ނަމަވެސް، ބިލުގެ ބަހުސް މަރުހަލާގައި ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަނީ މި ބިލުގެ މަގުސަދާ މެދު ސުވާލު އުފައްދަވައި، ބިލު މަޖިލީހުން ބޭރުކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު