ހުޅުމާލެ ފޭސް އެކެއްގައި ތަރައްގީކުރަމުންދާ ވޯޓާ ތީމް ޕާކް ސަރަހައްދުގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާއާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ، ހުޅުމާލޭ ވޯޓާ ޕާކް ތެރޭގައި ހުރި ގަސްތަކެއްގައި އަލިފާން ރޯވެގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 06:34 ހާއިރު ކަމަށެވެ.
މިޚަބަރު ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. އެމްއެންޑީއެފުން ބުނީ ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ މިއަދު ހެނދުނު 07:39 ހާއިރު ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. ނަމަވެސް މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.
ހުޅުމާލޭގައި ހަދަމުންދާ މި ވޯޓާ ތީމް ޕާކަކީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، އަލުން މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ތަނެކެވެ.

ކިޔުންތެރިންގެ ހިޔާލު