ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިޒާމީ މައްސަލަ ނަންގަވައި މަޖިލީހުގެ ނިޒާމު ގެއްލުވާލަން މަސައްކަތް ކުރެއްވުމުން، ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދުގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް މަރުހަލާގެ ތެރޭގައެވެ. ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް، ޝަމްހީދު ވަނީ ނިޒާމީ މައްސަލައެއް ނަންގަވަން މަސައްކަތް ކުރަށްވާފައެވެ.
މައްސަލަ ހޫނުވީ، ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް ނިޒާމެއް ގާއިމުކުރުމަށް ބިލުގައި ހިމަނާފައި ވަނީ އިންޝުއަރެންސް ކުންފުންޏެއްގެ ތެރެއިން ރިޔާސީ އިންތިހާބަށް ފައިސާ ހޯދަން އެމްޑީޕީން ފައިދާ ހޯދައިދިނުމަށް ކަމަށް ވިދާޅުވެ ޝުޖާ ވާހަކަ ދައްކަވަން ފެއްޓެވުމުންނެވެ. އެކަމާ ހިތްހަމަނުޖެހިގެން ޑރ. ޝަމްހީދު ނިޒާމީ މައްސަލަ ނަންގަވަން ފެއްޓެވި ނަމަވެސް، ރިޔާސަތުން އެ ފުރުސަތު ނުދެއްވުމުން ޑރ. ޝަމްހީދު ވަނީ ޝުޖާގެ ކުރިމައްޗަށް ވަޑައިގެން އަޑުގަދަކުރައްވައި ބަހުސަށް ހުރަސް އަޅުއްވާފައެވެ.
އޭގެފަހުން ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވީ، މެންބަރަކު ވާހަކަ ދައްކަވަނިކޮށް ހުރަސް ނޭޅޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް ޑރ. ޝަމްހީދަށް ތަކުރާރުކޮށް ނަސޭހަތްތެރިވެވަޑައިގަތެވެ.
ނަމަވެސް، ޑރ. ޝަމްހީދު ހުއްޓާނުލައި އަޑުގަދަކުރައްވަމުން ގެންދަވާތީ ރިޔާސަތުން ވިދާޅުވީ މަޖިލީހުގެ ނިޒާމު ގެއްލިފައި ނެތް ކަމަށާއި، ބޭނުންހާ ވާހަކައެއް ދެއްކެވުމަށް ނިޒާމީ މައްސަލައިގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.
އަދި ގަވާއިދަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް އެންގި އެންގުމަށް ތަބާ ނުވުމުން، ރިޔާސަތުން ވަނީ ޑރ. ޝަމްހީދުގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނުކުތުމަށް އަމުރުކުރައްވާފައެވެ. ނަން އިއްވުމާ ގުޅިގެން ޑރ. ޝަމްހީދު ވަނީ މަޖިލީހުގެ ޖަލްސާ ދޫކުރައްވައި ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު