ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ހުށަހަޅާފައިވާ މައްސަލައިގައި، ވަގުތީ އަމުރަކާ މެދު ވަކި ގޮތެއް ނުނިންމައި ސުޕްރީމް ކޯޓުން މިއަދު އަޑުއެހުންތައް ނިންމާލައިފިއެވެ.
މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ މިދިޔަ އަހަރުގެ ފެބްރުވަރީ މަހުގެ 17 ވަނަ ދުވަހުއެވެ. އޭރު ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ހުށަހެޅި އިހުތިޖާޖުތަކާ ދެކޮޅަށް، މި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކޯޓުން ނިންމައި، ފެބްރުވަރީ 26 އަށް އަޑުއެހުމެއް ތާވަލުކުރިއެވެ.
ނަމަވެސް އެ އަޑުއެހުން ފެށެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް، ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއްސުއޫދާއި، ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒު އަލީ ޒާހިރު ސަސްޕެންޑުކޮށްފައެވެ. އެ ބޭފުޅުން ސަސްޕެންޑުކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ބޭފުޅުންގެ މައްސަލަތަކެއް ބަލަމުންދާ ކަމަށް ބުނެއެވެ. އޭގެ ފަހުން ފަނޑިޔާރު ސުއޫދު މަގާމުން އިސްތިއުފާ ދެއްވިއިރު، އަޒްމިރަލްދާ އާއި މަހާޒަށް ޖަވާބުދާރީވާން އެކަށީގެންވާ ފުރުސަތެއް ނުދީ މަޖިލީހުން ވަނީ އެ ދެ ބޭފުޅުން މަގާމުން ވަކިކޮށްފައެވެ.
މިއަދު މި މައްސަލައިގެ އަޑުއެހުންތައް އަލުން ފެށިއިރު، އުއްތަމަ ފަނޑިޔާރު ހިމެނޭހެން ސުޕްރީމް ކޯޓުގެ ބެންޗަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެހެންނަމަވެސް، ކުރީގެ ފަނޑިޔާރުން މި މައްސަލަ ބެލޭނެ ކަމަށް ނިންމެވި ނިންމެވުމަށް ބިނާކޮށް، މިހާރުގެ ބެންޗުން ވެސް ވަނީ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންގޮސްފައެވެ.
އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ބަންޑާރަނައިބުގެ އޮފީހުން ވަނީ، ގާނޫނުއަސާސީ އިސްލާހުކުރުމަކީ މަޖިލީހަށް ލިބިގެންވާ ބާރެއް ކަމަށާއި، މި އިސްލާހު ގެނެސްފައިވަނީ ގާނޫނީ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް ބުނެފައެވެ. އަދި ފްލޯ ކްރޮސިން ނުވަތަ ޕާޓީ ބަދަލުކުރުން ހުއްޓުވުމަށް "އެންޓި ޑިފެކްޝަން" ގާނޫނެއް އޮތުމަކީ ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ވެސް ބަލައިގަނެފައިވާ އުސޫލެއްކަން ބަންޑާރަނައިބުގެ އޮފީހުން ފާހަގަކުރިއެވެ.
މީގެ އިތުރުން ދައުލަތުން ބުނީ، މެންބަރެއްގެ ގޮނޑިއާ މެދު ޚިލާފެއް އުފެދިއްޖެ ނަމަ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮތުމަކީ މެންބަރުންނަށް ލިބޭ އިތުރު ރައްކާތެރިކަމެއް ކަމަށާއި، މިއީ މަޖިލިސް މެންބަރުން އަމިއްލައަށް އެ ބޭފުޅުންގެ މައްޗަށް ނިންމެވި ނިންމެވުމެއް ކަމަށެވެ. އެހެންކަމުން މި އިސްލާހަކީ ގާނޫނުއަސާސީއާ ތައާރުޒުވާ ކަމެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް އޭޖީ އޮފީހުން ވަނީ އެދިފައެވެ.
ނަމަވެސް، މައްސަލަ ހުށަހެޅުއްވި ވަކީލް އަލީ ހުސައިންގެ ފަރާތުން ވަކީލް ޝިއުނާ މުޙައްމަދު ވަނީ މިކަމާ ދެކޮޅަށް ވާހަކަދައްކަވާފައެވެ. ޝިއުނާ ވިދާޅުވީ މި އިސްލާހުގެ ސަބަބުން ރައްޔިތުން އިންތިޚާބުކުރި މެންބަރުންގެ ދައުރާ މެދު ގޮތް ނިންމުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބިގެންދާ ކަމަށާއި، މިއީ ގާނޫނުއަސާސީގެ 4، 26، 70 އަދި 75 ވަނަ މާއްދާއާ ޚިލާފު، ރައްޔިތުންގެ ބާރަށް އެޅޭ ހުރަހެއް ކަމަށެވެ.
މި މައްސަލައިގައި އަލީ ހުސައިންގެ ފަރާތުން ވަނީ ދެ ވަގުތީ އަމުރަކަށް އެދިފައެވެ. އެއީ މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން އެއްވެސް މެންބަރަކު މަގާމުން ވަކިކޮށްގެން ނުވާނެ ކަމުގެ އަމުރަކާއި، ސުޕްރީމް ކޯޓުން މައްސަލަ ނިމެންދެން ފަނޑިޔާރުންގެ ސުލޫކީ ނުވަތަ ޖިނާއީ މައްސަލައެއް ހިންގައި ފަނޑިޔާރުން ވަކިކުރުމުގެ އެއްވެސް ފިޔަވަޅެއް ނޭޅުމުގެ އަމުރެކެވެ.
މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން އުއްތަމަފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ވިދާޅުވީ، ވަގުތީ އަމުރާމެދު ނިންމާ ގޮތެއް މައްސަލައިގައި ހިމެނޭ ފަރާތްތަކަށް އަންގަވާނެ ކަމަށެވެ. އަދި މައްސަލަ ދިރާސާކުރުމަށްފަހު އިތުރު ކަމެއް ސާފުކުރަން ބޭނުން ނުވާ ނަމަ، ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު