އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ފުރުސަތު ލިބިފައިވާ މީހުންގެ ދަފުތަރު އިލެކްޝަންސް ކޮމިޝަނުން (އީސީ) އާންމުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، މި އިންތިޚާބުގައި ޖުމްލަ 6،093 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށެވެ. އެ ލިސްޓުތަކުގައި ކެންޑިޑޭޓުން ސޮއިކުރުމުގެ ކަންކަން މިއަދު މެންދުރު 12:00 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށް އިންތިޚާބީ މަރުކަޒުގައި ކުރިއަށްދާނެ ކަމަށް އެ ކޮމިޝަނުން މަޢުލޫމާތުދެއެވެ.
މިފަހަރުގެ އިންތިޚާބުގައި ކައުންސިލްގެ އަންހެނުންނަށް ހާއްސަ ގޮނޑިތަކަށް ވޯޓުލުން ބާއްވަނީ ބ. ދޮންފަނާއި ފުވައްމުލަކު ސިޓީގެ ދަނޑިމަގު ދާއިރާގައެވެ. މީގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. ކެލާ، ހދ. ނޭކުރެންދޫ އަދި ލ. މާވަށުގައެވެ.
އެގޮތުން ހއ. ކެލާ އިންތިޚާބުގައި 1،729 މީހުން، ލ. މާވަށު އިންތިޚާބުގައި 1،556 މީހުން، ފުވައްމުލަކު ދަނޑިމަގު ދާއިރާގައި 1،311 މީހުން، ހދ. ނޭކުރެންދޫ ދާއިރާގައި 1،056 މީހުން އަދި ބ. ދޮންފަނު ދާއިރާއަށް 441 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.
މި އިންތިޚާބަށް ޖުމްލަ 14 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން 6 ފޮއްޓެއް މާލޭގައި ބަހައްޓާއިރު، މާލޭގައި ވޯޓުލުން ކުރިއަށްދާނީ ތާޖުދިއްދީން ސްކޫލާއި، ހިރިޔާ ސްކޫލް އަދި ދަރުމަވަންތަ ސްކޫލުގައެވެ.
އޭޕްރީލް 18 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ވޯޓުލުން ކުރިއަށްދާއިރު، ވޯޓުލާ ނިމުމާއެކު ފޮށިތައް ކައިރީގައި ވަގުތީ ނަތީޖާ އިއުލާން ކުރާނެއެވެ. އަދި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 19 ވާ އާދިއްތަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު