ކުޅުދުއްފުށީ ސިޓީގެ އުތުރު ފަރާތަށް މޫދަށް އެރުނު މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް، މޫދުގައި ނިޔާވެފައި އޮއްވައި ފެނިއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ކުޅުދުއްފުށީ، ބަޑިފަސްގަނޑުގެ، އުމުރުން 58 އަހަރުގެ ސުލައިމާން ޙުސައިންނެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ، ސުލައިމާން ޙުސައިން ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައި ކަމަށެވެ. އޭނާ ހޯދުމުގެ މަސައްކަތް ފެށީ މޫދަށް އެރި އުޅެނިކޮށް ޚަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެންނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ސުލައިމާން ޙުސައިންއަކީ އޭނާއަށް ދިމާވެފައިވާ ސިއްޙީ ޙާލަތަކަށް ފަރުވާ ހޯދުމަށްޓަކައި، ކަސްރަތަށް ކޮންމެ ދުވަހަކުވެސް ހެނދުނު މޫދަށް ގޮސް އުޅޭ މީހެކެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ރަސްމީކޮށް މިހާތަނަށް ބަހެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު