އިދިކޮޅު އެމްޑީޕީން މާލޭގައި ކުރިއަށްގެންދާ އިހުތިޖާޖުގެ ބައިވެރިންނަށް ހުރަސްނޭޅުމަށް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ގޮވާލައިފިއެވެ.
ފުލުހުންނާ ދިމާލަށް މޫކޭ މިބަސް އަމާޒުކޮށްފައިވަނީ މިރޭގެ މުޒާހަރާ ކުރިއަށް ދަނިކޮށް ޗާންދަނީމަގު އޯލްޓެކް ސަރަހައްދުގައި ފުލުހުން ބެރިކޭޑު ޖަހައި މަގު ބަންދުކޮށްފައިވާތީ އެކަމަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން މޫކޭ ވިދާޅުވީ، ރައްޔިތުންގެ ހިނގާބިނގާވެ އުޅުމާއި އިހުތިޖާޖު ކުރުމަށް ހުރަސްއެޅުމުގެ އެއްވެސް ގާނޫނީ ބާރެއް ފުލުހުންނަށް ލިބިގެން ނުވާ ކަމަށެވެ. އަދި ފުލުހުންނާއި ރައްޔިތުންނާ ދެމެދު ކުރިމަތިލުމަކަށް ދާންޖެހޭ އެއްވެސް ސަބަބެއް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.
"ތިބޭފުޅުންނާ އަޅުގަނޑުމެންނަކާ އެއްވެސް މައްސަލައެއް ނެތް. މައްސަލަ އޮތީ ދިވެހިރާއްޖޭގެ ތަހުތުގަ ރައްޔިތުންގެ އިތުބާރު ގެއްލިފަ އޮތް މީހަކު ގަދަކަމުން އިންނަން އެކުރާ މަސައްކަތުގަ،" މޫކޭ ވިދާޅުވިއެވެ.
މޫކޭ އިތުރަށް ވިދާޅުވީ ފުލުހުންގެ ޒިންމާއަކީ ރައްޔިތުންނަށް ހިމާޔަތްދީ މަގުދެއްކުން ކަމަށެވެ. އެހެންކަމުން، ބެރިކޭޑުތަކުގެ ފަހަތުން ނިކުމެ، އިހުތިޖާޖުގެ ބައިވެރިންނަށް މަގުދައްކައި ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އޭނާ ވަނީ ފުލުހުންނަށް ގޮވާލައްވާފައެވެ.
މި އިހުތިޖާޖަކީ ސަރުކާރާ ދެކޮޅަށް އެމްޑީޕީން ސުލްހަވެރިކަމާއެކު ކުރިއަށްގެންދާ ހަރަކާތެއްކަން ފާހަގަކޮށް، މޫކޭ ވަނީ ފުލުހުން ފަހަތަށް ޖެހިވަޑައިގަތުމަށް ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.
މިރޭ އެމްޑީޕީ މެންބަރުންނާއި ސަޕޯޓަރުން މިސަރުކާރާ ދެކޮޅަށް އަޑު އުފުލަން މަގުމައްޗަށް ނިކުމެފައިވާއިރު ރޭވެސް އެމްޑީޕީން ވަނީ މަގުމައްޗަށް ނިކުމެފައެވެ. މިމުޒާހަރާތަކުގައި ސަރުކާރަށް ބޮޑެތި ފާޑުކިއުންތައް ދަނީ އަމާޒުކުރަމުންނެވެ. އަދި މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ޑރ. މުއިއްޒު އިސްތިއުފާ ދެއްވުމަށްވެސް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު