ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެންބަރުންނާއި، މަޖިލީހުގެ މެންބަރުކަން ކުރިން ކުރައްވާފައިވާ ބޭފުޅުންގެ އިތުރުން އެ ބޭފުޅުންގެ ބަރޯސާވާ އާއިލީ މެންބަރުން (ޑިޕެންޑެންޓުން) އަށް ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ސަރުކާރުން އިޢުލާނުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުސޫލުގެ މަތިން ކަމަށެވެ.
މި ޕްރޮޖެކްޓަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި ބީލަން އިވެލުއޭޓްކުރެވޭނެ މިންގަނޑުތައް ބީލަން ފޮތުގައި ތަފްޞީލުކޮށް ވަނީ ބަޔާންކޮށްފައެވެ. މި ބީލަމުގެ ހުރިހާ މަރުޙަލާއެއް ކުރިއަށްދާނީ މިނިސްޓްރީގެ ބީލަން ޕޯޓަލް މެދުވެރިކޮށް ކަމަށްވާތީ، ބީލަންވެރިން އެ ޕޯޓަލްގައި ރަޖިސްޓަރީވެ، ބީލަމާ ގުޅޭ އެންމެހައި މަޢުލޫމާތުތައް ހޯދައި އަދާހަމަކުރުމަކީ ބީލަންވެރިންގެ އަމިއްލަ ޒިންމާއެއް ކަމަށް އިޢުލާނުގައި ފާހަގަކޮށްފައިވެއެވެ.
މިނިސްޓްރީން ބުނިގޮތުގައި މި ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ބިޑް ސެކިޔުރިޓީގެ ގޮތުގައި 60،500 ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. އަދި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.
މި މަސައްކަތާ ގުޅޭގޮތުން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންލައިންކޮށް ބޭއްވުމަށް ހަމަޖެހިފައިވަނީ 21 އޭޕްރީލު 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު