އައު ސަރުކާރު އުފެއްދުމަށް ޤާނޫނުހަދާ މަޖިލީހުގެ ތާޢީދު އޮތްކަމުގެ ޔަޤީންކަން ސާބިތުކޮށްދެއްވުމަށް މެލޭޝިޔާގެ އިދިކޮޅު ސިޔާސީ ލީޑަރު، އަންވަރު އިބްރާހިމް އެ ޤައުމުގެ ރަސްގެފާނާ ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުމާ ގުޅޭގޮތުން އަންވަރު އިބްރާހިމް ވިދާޅުވީ ގަޑިއިރަކަށް ދެމިގެންދިޔަ ބައްދަލުވުމުގައި ބޮޑުވަޒީރުގެ މަޤާމަށް އޭނާ އައްޔަނުކުރުމަށް ޤާނޫނުހަދާ މަޖިލީހުގެ ގިނަ މެންބަރުންގެ ތާޢީދު އޮތްކަން ޔަޤީންކޮށްދޭ ލިޔެކިޔުންތައް ރަސްގެފާނަށް ޙަވާލުކުރައްވާފައިވާކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ ވަރަށް އަވަހަށް ރަސްގެފާނު ބައްދަލުކުރައްވާ މަޝްވަރާކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މެލޭޝިޔާގެ ބޮޑުވަޒީރުގެ މަޤާމުގައި މިހާރު ހުންނެވި މުޙްޔިއްދީން ޔާސީން މަޤާމުން އިސްތިޢުފާ ދެއްވުމަށްވެސް އަންވަރު ވަނީ ގޮވާލާފައެވެ.
އަންވަރު ވިދާޅުވާ ގޮތުން 222 މެންބަރުން ތިބޭ މެލޭޝިޔާގެ ޤާނޫނުހަދާ މަޖިލީހުގެ 120 މެންބަރުންގެ ތާޢީދު އޭނާއަށް އެބައޮތެވެ. ނަމަވެސް އެ ބޭފުޅުންގެ ވަނަވަރު އޭނާ ހާމަކުރައްވާފައެއް ނުވެއެވެ. އަންވަރު ވިދާޅުވީ ދެން ކުރިއަށް ދާނެގޮތެއް ނިންމަވާނީ ރަސްގެފާނު އަބްދުﷲ ސުލްޠާން އަޙްމަދު ޝާހުކަމަށެވެ.
މެލޭޝިޔާގެ ރަސްގެފާނަށް ޤާނޫނުހަދާ މަޖިލީހުގައި ނުފޫޒު އަދި ތާޢިދު އޮންނަ ބޭފުޅަކަށް ބޮޑުވަޒީރުގެ މަޤާމު ޙަވާލުކުރުމުގެ ބާރު ލިބިގެންވެއެވެ. އަދި ޤާނޫނުހަދާ މަޖިލީސް އުވާލައި އައު އިންތިޚާބެއް ބޭއްވުމަށް އެނގުމުގެ ބާރުވެސް ރަސްގެފާނަށް ލިބިގެންވެއެވެ. ބޮޑުވަޒީރުގެ މަޤާމަށް އަންވަރު އައްޔަނުކޮށްފިނަމަ އޭނާ ވެގެންދާނީ މި އަހަރުގެ ތެރޭގައި މެލޭޝިޔާގެ ބޮޑުވަޒީރުކަމާ ޙަވާލުވެވަޑައިގަންނަވާ 3 ވަނަ ބޭފުޅަށެވެ.

ކިޔުންތެރިންގެ ހިޔާލު