މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި، ވޯޓު އެއްވަރުވުމުގެ ސަބަބުން ގޮނޑި ކާމިޔާބު ކުރި ފަރާތެއް ކަނޑަނޭޅުނު ފަސް ދާއިރާއެއްގެ ވޯޓުލުން މިއަދު ފަށައިފިއެވެ.
މި އިންތިހާބުގައި ޖުމްލަ 6,093 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، މިއަދު ހެނދުނު 11:00 އާ ހަމައަށް 1812 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މިއަދު ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދަނީ ހއ. ކެލާ، ހދ. ނޭކުރެންދޫ، ބ. ދޮންފަނު، ލ. މާވަށް އަދި ފުވައްމުލައް ސިޓީގެ ދަޑިމަގު ދާއިރާގައެވެ.
މިއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ 29.74 އިންސައްތައެވެ. ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 829 އަންހެނުންނާއި 983 ފިރިހެނުންނެވެ.
ވޯޓުލުން ކުރިއަށްދާ ގޮނޑިތަކުގެ ތެރޭގައި ކެލާ އަދި ނޭކުރެންދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިތަކާއި، ދޮންފަނު ކައުންސިލާއި ފުވައްމުލައް ސިޓީގެ ދަޑިމަގު ދާއިރާގެ އަންހެނުންނަށް ހާއްސަ ގޮނޑީގެ އިތުރުން މާވަށު އަންހެނުންގެ ކޮމިޓީގެ ގޮނޑިއެއް ހިމެނެއެވެ.
މި އިންތިހާބުތަކުގައި މައިގަނޑު ގޮތެއްގައި ވާދަކުރަނީ ޕީއެންސީ، އެމްޑީޕީ އަދި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނެވެ.
މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެ ކަމަށާއި، އިންތިހާބުގެ ރަސްމީ ނަތީޖާ މާދަމާ އިއުލާން ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު