ރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ދެއްވި ދައުވަތު ގަބޫލުފުޅު ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި ދައުވަތަކީ ވެރިކަމުގެ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް ހުށަހަޅައި، ރައީސް ނަޝީދާއި ފައްޔާޒް އާދިއްތަ ދުވަހު ބޭއްވި ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްވި ދައުވަތެކެވެ. އެ ބޭފުޅުން ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި ދައުލަތުގެ ވެރިޔާ އާއި ސަރުކާރުގެ ވެރިޔާގެ މަގާމު ވަކިކުރުން ހިމެނެއެވެ.
މިގޮތުން ސަރުކާރުގެ ވެރިޔާ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބު ކުރާއިރު، ދައުލަތުގެ ވެރިޔާ އިންތިޚާބު ކުރާނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުންގެ ވޯޓުން ކަމަށް އެ ބޭފުޅުން ހުށަހެޅުއްވިއެވެ. އަދި ދައުލަތުގެ ވެރިޔާ މަގާމުން ވަކިކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ވެސް ހުށަހެޅުމުގައިވެއެވެ.
މީގެ އިތުރުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުން މަގާމުން ވަކިކުރުމުގައި ރައްޔިތުންގެ ސީދާ ރުހުން ހޯދުމާއި، މުއައްސަސާތައް މޮނިޓަރ ކުރާނެ ބޮޑީއެއް އުފެއްދުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އޮނިގަނޑަށް ބަދަލު ގެނައުމަށް ވެސް ރައީސް ނަޝީދާއި ފައްޔާޒް ވަނީ ހުށަހަޅުއްވާފައެވެ.
މިކަމާ ގުޅޭގޮތުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެ ބޭފުޅުން ހުށަހެޅުއްވި ކަންކަމަކީ ރައްޔިތުން އެމަނިކުފާނަށް ދީފައިވާ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަންކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑަށް ދީފައިވާ މެންޑޭޓަކީ އިންތިޚާބުގެ ތެރޭގައި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުން. އެ މެންޑޭޓުން ބޭރުގައި ހުރި ކަންކަމުގެ ތެރެއަށް އަޅުގަނޑު ނުވަންނާނަން." ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު ރައީސް ވިދާޅޫވީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ދާދިފަހުން ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން ވެސް އެނގެނީ ރައްޔިތުން ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ބޭނުން ނުވާކަން ކަމަށެވެ. އެ ވޯޓުގައި ބައިވެރިވި މީހުންގެ 68 އިންސައްތަ މީހުން ވަނީ އެ ބަދަލާ ދެކޮޅަށް ވޯޓު ދީފައެވެ.
ސަރުކާރުން ގާނޫނުއަސާސީއަށް ބަދަލު ގެންނާނީ ހަމައެކަނި ކަނޑައެޅިގެން ވައުދުވެފައިވާ ކަންކަމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި މިންވަރެއްގައި ހިފެހެއްޓުމާއި، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުން ހިމެނެއެވެ. ރައީސް ނަޝީދާއި ފައްޔާޒް ހުށަހެޅުއްވި ފަދަ ވެރިކަމުގެ ނިޒާމީ ބަދަލުތަކެއް ސަރުކާރުން ނުގެންނާނެ ކަމަށް ރައީސް މުއިއްޒު ވަނީ ކަށަވަރުކޮށް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު