ޕީޓާ މަގްޔާރު
ޕީޓާ މަގްޔާރު
ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައި.ސީ.ސީ) އިން ހައްޔަރުކުރަން އަމުރު ނެރެފައިވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެ ގައުމަށް ވަޑައިގެންފިނަމަ ހައްޔަރުކުރައްވާނެ ކަމަށް ހަންގޭރީގައި ދާދިފަހުން ބޭއްވި އިންތިޚާބު ކާމިޔާބު ކުރެއްވި ޕީޓާ މަގްޔާރު ވިދާޅުވިވެއްްޖެއެވެ.

މަގްޔާރު މިހެން ވިދާޅުވީ، ކުރީގެ ބޮޑުވަޒީރު ވިކްޓާގެ ސަރުކާރުން އައި.ސީ.ސީ އިން ވަކިވުމަށް ފަށާފައިވާ މަސައްކަތްތައް ހުއްޓާލައި، އެ ކޯޓުގެ މެންބަރެއްގެ ގޮތުގައި ހަންގޭރީ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

މިދިޔަ އަހަރު ވިކްޓާގެ ސަރުކާރުން ވަނީ އައި.ސީ.ސީ އިން ވަކިވުމުގެ މަރުހަލާ ރަސްމީކޮށް ފަށާފައެވެ. ނަމަވެސް، އައު ސަރުކާރުގެ ސިޔާސަތަކީ ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކުރުން ކަމަށް މަގްޔާރު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ކޯޓުން ހައްޔަރު އަމުރު ނެރެފައިވާ ފަރާތެއް ހަންގޭރީގެ ފަސްގަނޑަށް ވަޑައިގެންފިނަމަ، ގާނޫނީ އިމުގެ ތެރެއިން އެ މީހަކު ހައްޔަރުކޮށް ބަންދުކުރުމަކީ ދައުލަތުގެ ޒިންމާއެކެވެ.

މި ނިންމުމާއެކު ހަންގޭރީގެ ޚާރިޖީ ސިޔާސަތަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ. ޚާއްސަކޮށް، އިސްރާއީލާއެކު އޮތް ގާތް ގުޅުމަށް މީގެ ސަބަބުން އަސަރުކުރާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.

މަގްޔާރުގެ މި ހަރުކަށި ބަސްމަގަކީ، އޭނަގެ ސަރުކާރުން ގެންގުޅުނު "އިލިބަރަލް" ސިޔާސަތުތަކާ ދުރަށް ޖެހި، ޔޫރަޕްގެ އިއްތިހާދުގެ މިންގަނޑުތަކަށް ގައުމު ރުޖޫއަކުރުމަށް ކުރައްވާ މަސައްކަތުގެ ބައެއް ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު