ވަކި އުމުރުފުރާއެއްގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭން ކުރުމަކީ މުޅި މުޖުތަމައުގެ ތެރޭގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، "ޕަބްލިކް ޑިބޭޓަކަށް" ދާންޖެހޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، "ރަސްއޮންލައިން" ގެ ފަރާތުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކޮންޓްރޯލް ކުރުމާއި ވަކި އުމުރުފުރާއަކަށް ސޯޝަލް މީޑިއާ 'ބޭން' ކުރުމާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ވަކި އުމުރުފުރާ އަކަށް ޝޯޝަލް މީޑިޔާ 'ބޭން' ކުރުމާއި މެދު ރައްޔިތުންގެ ޚިޔާލު ބޭނުންފުޅުވާ ކަމަށެވެ. އަދި މިކަމަކީ ސަރުކާރުން ވަރަށް ގާތުން ރައްޔިތުންގެ އަޑުއަހައިގެން ކުރިއަށްދާން ބޭނުންވާ ކަމެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ "މޯލްޑިވްސް 2.0" ތަޞައްވުރުގެ ތެރެއިން، މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރަށް ތިން ބިލެއް ހުށަހެޅުމަށް ސަރުކާރުން ބާރަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ރައީސް މުޢިއްޒު ވަނީ މި ތިން ބިލު ވީހާވެސް އަވަހަކަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. މީގެ އިތުރުން، އޭއައިއާ ގުޅޭ ޚާއްޞަ ބިލެއް ވެސް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ޑިޖިޓަލައިޒޭޝަންގެ ތެރެއަށް ދާއިރުގަ އަޅުގަނޑުމެން ހަމަ މި ސަފުގެ އެންމެ ކުރީގަ ތިބޭކަމަށްވާނަމަ އެމްބްރޭސް ކުރަންޖެހޭނެ ކަމެއް އޭއައިއަކީ. އެހެންވީމަ އޭއައި އެމްބްރޭސް ކުރާއިރުގަ، އެއީ ގާނޫނީ ނިޒާމެއްގެ ތެރެއަށް ވަދެގެންދާ، ރެގިއުލޭޓް ކުރެވޭނެ ނުވަތަ އެއާ ގުޅޭ ކަންކަން ބަޔާން ކުރެވިފަ އޮންނަ ކަމަކަށް ވާންޖެހޭނެ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ސޯޝަލް މީޑިއާއާއި ކުޑަކުދިންނާއި ޒުވާނުންނާ ހުރި ގުޅުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވީ، މިއީ މުޅި މުޖުތަމައު ކަންބޮޑުވާންޖެހޭ އަދި ވާހަކަދައްކަންޖެހޭ މުހިންމު މައްސަލައެއް ކަމަށެވެ. އަދި މިފަދަ ނިންމުމެއް ނިންމުމުގެ ކުރިން އާންމުންގެ ޚިޔާލު ހޯދައި، ބަހުސް ކުރެވޭނެ މާހައުލެއް އޮތުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ތެރޭގަ ޕަބްލިކް ޑިބޭޓަކަށް ދާންޖެހޭ މިކަމުގަ ކުރިއަށް ދާނެ ގޮތެއް. ސަރުކާރުން ވަރަށް ގާތުން އަޑުއަހާނެ،" ރައީސް ވިދާޅުވިއެވެ.
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކޮންޓްރޯލްކުރުމާ ގުޅޭބިލެއް ހުށަހަޅުއްވާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވާއިރު، މި ޓެކްނޮލޮޖީގެ އެހީގައި މީހުންގެ އަބުރަށް އަރައިގަތުމާއި ފުރައްސާރަކުރުން ފަދަ ނޭދެވޭ އަމަލުތައް ހިންގުން މިވަނީ އިންތިހާއަށް ކަންބޮޑުވާންޖެހޭ މައްސަލައަކަށް ވެފައެވެ. މީގެ އިތުރުން، ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންގެ އަޚްލާޤަށާއި އުޅުމަށް ކުރާ ނޭދެވޭ އަސަރުތަކަކީ ބައިނަލްއަޤްވާމީ ފެންވަރުގައިވެސް ބޮޑު ބަހުސަކަށް ވެފައިވާ މައުޟޫޢެކެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ވިލާތުގެ ބައެއް ޤައުމުތަކުގައި ވަކި އުމުރުފުރައަކުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކޮށް، ހަރުދަނާ އުޞޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އަދި އެކަމުގެ ސަބަބުން އެދެވޭ ރަނގަޅު ނަތީޖާތަކެއް ވެސް ދަނީ ފެންނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު