އިންޓަ ޕާލަމަންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ 152 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
މި މަހުގެ 13 ވަނަ ދުވަހު ފެއްޓެވި މި ދަތުރުފުޅުގައި މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގެ ތެރެއިން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އައިޕީޔޫގެ އާންމު މަޖިލީހުގައި ތަޤުރީރު ކުރައްވާފައެވެ. އެމަނިކުފާނުގެ ތަޤުރީރުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ބޮޑު ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކުގެ މައްޗަށެވެ. އެގޮތުން، އެފަދަ ޤައުމުތަކަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ފޯރުކޮށްދޭ އެހީތެރިކަން މިހާރަށްވުރެ އިތުރުކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
މީގެ އިތުރުން، ރައްޔިތުން ބާރުވެރިކުރުވުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން، ތަޢުލީމާއި، ޞިއްޙީ ޚިދުމަތްތަކާއި، ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ބޭނުންތެރިކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ޒުވާނުންނާއި އަންހެނުން ގޮތް ނިންމުމުގެ މަރުޙަލާތަކުގައި ޝާމިލުކުރުމަކީ މުޖުތަމަޢު ބާރުވެރިކުރުވުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަބްދުއްރަހީމްގެ ތަޤުރީރުގައި އިތުރަށް ވިދާޅުވީ، ރައްޔިތުން ކުރާ އުންމީދުތައް ޙަޤީޤަތަކަށް ހަދައި، ނަތީޖާ ނެރެވޭފަދަ ޤާނޫނުތަކާއި ސިޔާސަތުތައް އެކުލަވާލުމުގައި ޤާނޫނު ހަދާ މަޖިލިސްތަކުން ވަރަށް މުހިންމު ދައުރެއް އަދާކުރަންޖެހޭ ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓުތައް ކަނޑައެޅުމުގައި ވެސް ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދިނުމުގެ މުހިންމުކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
މި ދަތުރުފުޅަކީ ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ދައުރު ފުޅާކޮށް، ދުނިޔޭގެ އެހެން ޤައުމުތަކުގެ މަޖިލިސްތަކާއެކު ގުޅުން ބަދަހިކުރުމަށް ލިބުނު މުހިންމު ފުރުޞަތެއްގެ ގޮތުގައި މަޖިލީހުގެ އިދާރާއިން ވަނީ ސިފަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު