މިދިޔަ އަހަރުގެ ނިޔަލަށް ނުދެއްކި ހުރި ފެން ބިލުތަކަށް އަރާފައިވާ ޖޫރިމަނާ ފައިސާ، ބިލުގެ އަސްލު ފައިސާ ދެއްކުމުން މާފުކޮށްދޭން ނިންމާފައިވާ ކަމަށް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން މިއަދު އިއުލާނުކޮށްފިއެވެ.
އެމްޑަބްލިޔުއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި ލުޔަކީ ކަސްޓަމަރުންނަށް ފެން ބިލްތަކަށް ފައިސާ ދެއްކުމުގައި ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށެވެ. މީގެ ދަށުން ގޭބިސީތަކާއި ވިޔަފާރިތަކުގެ ތެރެއިން ފެން ބިލް ނުދެއްކި ގިނަ ދުވަސް ވެގެން ޖޫރިމަނާ އަރާފައިވާ ހުރިހާ ފަރާތްތަކަށް ވެސް މި ފުރުސަތު ލިބިގެންދާނެއެވެ.
އެ ކުންފުނިން ބުނީ، ޑޮމެސްޓިކް ކަސްޓަމަރުންނާއި ކޮމާޝަލް ޓެރިފް ކަސްޓަމަރުންގެ ބިލްތަކަށް މިދިޔަ އަހަރުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މާފުކޮށްދެވޭނީ، ޖޫރިމަނާ ނިސްބަތްވާ ބިލްތަކަށް ދައްކަން ޖެހޭ ޖުމްލަ ފައިސާ މި އަހަރުގެ ނިޔަލަށް ދައްކައި ޚަލާސްކުރުމުންނެވެ.
މީގެއިތުރުން، ބިލްތަކަށް އެއްފަހަރާ ފައިސާ ދެއްކުމަށް ދަތިވާ ކަސްޓަމަރުންނަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމް ވެސް އެމްޑަބްލިޔުއެސްސީން ވަނީ ހަމަޖައްސައިދީފައެވެ. ނަމަވެސް، މިގޮތަށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ޖޫރިމަނާ މާފުކޮށްދެވޭނީ އެ ކުންފުންޏާއެކު ވެވޭ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކައި ޚަލާސްކުރުމުން ކަމަށް އެ ކުންފުނިން ފާހަގަ ކޮށްފައިވެއެވެ.
މިކަމާ ގުޅޭ އިތުރު އެހީތެރިކަން ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުމުން ނުވަތަ 1050 އަށް އެސްއެމްއެސްއެއް ފޮނުވުމުން ނުވަތަ އީ-މެއިލް ކުރުމުން އެ މަޢުލޫމާތު ލިބޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.
"ވީމާ، ނުދެއްކި ގިނަދުވަސް ވެގެން ޖޫރިމަނާ އަރާފައިވާ ބިލްތަކަށް ފައިސާ ދައްކަވައި ޚަލާސް ކުރެއްވުމަށް މި ފުރުސަތުގެ ބޭނުން ހިއްޕެވުމަށާއި ޤަވާޢިދުން ބިލްތަކަށް ފައިސާ ދައްކަވަމުން ގެންދެވުމަށް ހުރިހާ ކަސްޓަމަރުންނަށް އިލްތިމާސްކުރަމެވެ." އެމްޑަބްލިޔުއެސްސީގެ ބަޔާނުގައިވެއެވެ.
ދަޢުލަތުގެ ފެން ކުންފުނިން މިފަދަ ނިންމުމެއް ނިންމާފައިވާއިރު، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ފުލެޓުތަކާއި ހިޔާ ފްލެޓުތަކުގެ އިތުރުން މާލެހިޔާ އަދި ސިނަމާލެ ފްލެޓުތަކަށް ނުދައްކާ ހުރި ކުލީގެ ޖޫރިމަނާތައް ވެސް މާފުކުރުމަށް ސަރުކާރުން ވަނީ މީގެ ކުރިން ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު