މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި، އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ހޯދުމުގައި ހުރި ދަތިތަކުގެ ސަބަބުން، ރާއްޖޭގައި ކުރިއަށްދާ ތަރައްގީގެ ބައެއް މަޝްރޫއުތައް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ހައުސިން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބައިނަލްއަގުވާމީ މަސްރަހުގައި ހިނގަމުންދާ ކަންކަމުގެ ސަބަބުން އިމާރާތްކުރުމުގެ ދާއިރާއަށް ނުހަނު ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. ޚާއްސަކޮށް ތެލުގެ އަގު ދެގުނައަށް ވުރެ ބޮޑުވެފައިވުމަކީ، ގިނަ އަދަދަކަށް ތެޔޮ ބޭނުންކޮށްގެން ހިންގާ ބިން ހިއްކުމާއި ބަނދަރު ހެދުން ފަދަ ބިޔަ މަޝްރޫއުތަކަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"މިވަގުތު އަޅުގަނޑުމެންގެ އަމާޒަކީ ވީހާވެސް ޚަރަދު ކުޑަވާނެ ގޮތަކަށް ބަލައިގެން މަޝްރޫއުތައް ކުރިއަށް ގެންދިއުން. އެއްވެސް ޕްރޮޖެކްޓެއް ހުއްޓާލުމުގެ ބަދަލުގައި ޓައިމްލައިނަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްގެން ކުރިއަށް ގެންދިއުމަކީ އަޅުގަނޑުމެން ރާވާފައިވާ ގޮތް،" މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މިއީ ސަރުކާރުގެ ކޮންޓްރޯލުން ބޭރުގައި ހުރި ކަންކަން ކަމުގައިވީ ނަމަވެސް، ރައްޔިތުންނަށް ދެވޭ އަސާސީ ޚިދުމަތްތަކަށް ބުރޫ ނާރާނެހެން ކަންކަން ތަރުތީބު ކުރުމަށް ސަރުކާރުން އިސްކަންދޭ ކަމަށެވެ.
އެގޮތުން، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުނު ކަމުގައިވިޔަސް، ރާއްޖޭގައި ފެނާއި ކަރަންޓުގެ އަގު ބޮޑުވެފައި ނުވާކަމަށާއި، މަސްވެރިންނަށް ދޭ ތެލާއި، ކައްކާ ގޭހުގެ އިތުރުން އަސާސީ ކާބޯތަކެތީގެ އަގު އެސްޓީއޯ މެދުވެރިކޮށް އެއްވަރެއްގައި ހިފެހެއްޓުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާކަމަށް އޭނާ ވިދާޅުވިއެވެ.
އިމާރާތްކުރުމަށް ބޭނުންވާ ސާމާނު ލިބުމުގައި ހުރި ދަތިތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ، އެސްޓީއޯ މެދުވެރިކޮށް މެދުނުކެނޑި ސާމާނު ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމަށްފަހު، ލިބެން ހުރި ވަސީލަތްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައިގެން ތަރައްގީގެ މަޝްރޫއުތައް މެދުނުކެނޑި ކުރިއަށް ގެންދިއުން ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު