ޑެޕިއުޓީ ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަގާމުން އަހްމަދު އަޝްފާން ވަކިކޮށް، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަން ކޮށްފިއެވެ.
އިމިގްރޭޝަނުން މިއަދު ވަނީ، އަޝްފާން ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމުގައި ހުންނަވައި ކުރެއްވި ޚިދުމަތްތައް ފާހަގަކޮށް، އޭނާގެ މަސައްކަތާއި ނަޒާހާތްތެރިކަން ފާހަގަކޮށްފައެވެ.
އަޝްފާން ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމަށް އައްޔަންކުރީ މިދިޔަ 2024 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. އޭނާ ވަނީ އެ މުއައްސަސާއަށް 18 އަހަރުގެ ޚިދުމަތް ކުރަށްވާފައެވެ.
އަޝްފާންގެ މަގާމަށް ބަދަލު ގެނެސްފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި އިންތިޚާބުތަކަށް ފަހު މި ސަރުކާރުން ބަދަލުތައް ގެންނަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން، މިނިސްޓްރީތަކުގެ އަދަދުތައް ވަނީ 20އިން 15އަށް މަދުކޮށްފައެވެ.
އަޝްފާން މަޤާމުން ދުރުކޮށްފައިވާއިރު، މި ސަރުކާރުގެ ފުރަތަމަ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވަހީދު މީގެ ކުރިން ވަނީ މަޤާމުން ވަކިކޮށްފައެވެ. އަދި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް މިހާރު ވަނީ ދަޢުވާ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު