ހަށިގަނޑުގެ ވަނާތައް އެނގޭ ގޮތަށް ގަޔަށްބާރު ހެދުން ލައި، ހިލޭ ފިރިހެނުންގެ ލޮލުގައި އަޅައިގަންނަ ފަދަ ގޮތްގޮތަށް ޒީނަތްތެރިވުމަކީ އިހުގެ ޖާހިލީ ޒަމާނުގެ އާދައެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
"ސާފުތާހިރުކަމާއި ޒީނަތްތެރިވުން" މި މައުޟޫޢަށް ރާއްޖޭގެ އެކިކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި، އިސްލާމްދީނުގައި ސާފުތާހިރުކަމަށް ދީފައިވާ އަހަންމިއްޔަތުގެ މައްޗަށް ބޮޑު އަލިކަމެއް ވަނީ އަޅުވާލާފައެވެ.
ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، އިސްލާމްދީނަކީ ހަމައެކަނި ބޭރުފުށުގެ ޒީނަތަށް ބަލާ ދީނެއް ނޫނެވެ. އޭގެ ބަދަލުގައި އެތެރެފުށާއި ބޭރުފުށުގެ ތާހިރުކަމަށް މި ދީން ބާރުއަޅައެވެ. މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވާ ގޮތުގައި ތާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ. މުސްލިމުންގެ ދިރިއުޅުމުގެ ބިންގަލަކީ ސާފުތާހިރުކަން ކަމަށާއި، ނަމާދާއި ޤުރްއާން ކިޔެވުމ ފަދަ އަޅުކަންތައް ކުރަންޖެހެނީ ތާހިރުކަންމަތީގައި ހުރެގެންކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.
މިއަދުގެ މުޖުތަމަޢުގައި ފެންނަ ބައެއް ނުރަނގަޅު އާދަތަކަށް އަލިއަޅުވާލަމުން ޚުތުބާގައި ބުނީ، ބުރުގާ އެޅުމުގެ އަޞްލު މަޤުޞަދަކީ ޢައުރަ ނިވައިކުރުން ކަމަށެވެ. ނަމަވެސް ބޮލުގައި ފޮތިކޮޅެއް އޮޅާލައިގެން ކަންފަތާއި ކަނދުރާ ފެންނަ ގޮތަށް ހެދުން އެޅުމާއި، ހަށިގަނޑުގެ ވަނާތައް ހާމަވާ ފަދަ ބާރު ހެދުންލުމަކީ އިސްލާމީ ޙިޖާބުގެ މަޤުޞަދު ގެއްލޭ ކަމެއް ކަމަށެވެ. މީގެ އިތުރުން، ސެލޫންތަކަށް ގޮސް "ވެކްސް" ކުރުމާއި "ލޭޒާ" ހެދުމުގެ ނަމުގައި ހިލޭ މީހުންގެ ކުރިމަތީގައި ޢައުރަ ކަޝްފުކުރުމަކީ ދީނީ ގޮތުން ހުއްދަ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.
"ބުރުގާ އެޅުމުގެ އަޞްލު މަޤުޞަދަކީ ޢައުރަ ނިވައިކުރުމެވެ. ޢިއްފަތްތެރިވެ އަބުރުވެރި ވުމެވެ. ނަމަވެސް ބުރުގާ އަޅައިގެން ތިބޭ އިރު، ކަންފަތުގައިލާ މުދި ނުވަތަ ކަރުގައި އަޅާ ފަށް ފެންނަގޮތަށް ބުރުގާ އެޅުމާއި، ބޮލުގައި ފޮތިކޮޅެއް އޮޅައިލައިގެން ކަނދުރާ ފެންނަގޮތަށް ހެދުން އެޅުމަކީ ޙިޖާބުގެ މަޤުޞަދު ގެއްލޭ ކަމެކެވެ. އަދި ހަށިގަނޑުގެ ވަނާތައް އެނގޭ ގޮތަށް ގަޔަށްބާރު ހެދުން ލައި، ހިލޭ ފިރިހެނުންގެ ލޮލުގައި އަޅައިގަންނަ ފަދަ ގޮތްގޮތަށް ޒީނަތްތެރިވުމަކީ އިހުގެ ޖާހިލީ ޒަމާނުގެ އާދައެކެވެ. ކުޅިވަރުގެ މައިދާނުގައި ވިޔަސް، އަދި އެހެން ތަނެއްގައި ވިޔަސް ޢައުރަ ހާމަނުކުރާށެވެ!" ޚުތުބާގައި ވެއެވެ.
ޚުތުބާގައި އިތުރަށް ބަޔާންކުރި ގޮތުގައި، ﷲ އުފެއްދެވި ސިފަ ބަދަލުކުރުމުގެ ގޮތުން ޓެޓޫ ޖެހުމާއި ބުމަ ހެދުމަކީ ﷲގެ ލަޢުނަތް ހުރި ކަންކަމެވެ. އަދި މިސްކިތްތަކަށްދާއިރު ގައިން ނުބައިވަސް ދުވާ ހާލަތުގައި ނުދިއުމަށާއި، މަލާއިކަތުންނަށް އުނދަގޫވާ ފަދަ ކަންކަމުން ދުރުހެލިވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ޒީނަތްތެރިވުމަކީ އިސްލާމްދީން ހިތްވަރުދޭ ކަމެއް ނަމަވެސް، އެކަން ކުރަންވާނީ ދީނީ އިންތަކުގެ ތެރޭގައެވެ. އެންމެ ބޮޑަށް ޒީނަތްތެރިވާންވީ ތިމާގެ ޙަލާލު ބައިވެރިޔާއަށްޓަކައި ގޭތެރޭގައި ކަމަށާއި، އާއިލާގެ މެންބަރުންނަށް މިފަދަ ކަންކަމުގައި އޯގާތެރިކަމާއެކު ނަސޭހަތްދީ، ރަނގަޅު މަގަށް މަގުދެއްކުމަށް މިއަދުގެ ޚުތުބާގައި ހުރިހާ މުސްލިމުންނަށް ގޮވާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު