ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ބޭފުޅުންނާ ބައްދަލުކުރުން (ފޮޓޯ: ރައްޔިތުންގެ މަޖިލިސް)
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ބޭފުޅުންނާ ބައްދަލުކުރުން (ފޮޓޯ: ރައްޔިތުންގެ މަޖިލިސް)
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ނިންމޭނެ ދުވަހެއް ނޭންގޭ ކަމަށް އޭސީސީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގައި އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވީ މިމައްސަލައަކީ އެތައް ބަޔަކު ޝާމިލުވާ އަދި ޖޮއިންޓް އިންވެސްޓިގޭޝަނަކަށް ވާއިރު މައްސަލަ ނިމޭނެ ވަކި ތާރީޚެއް ދަންނަވަން ދަތިކަމަށެވެ. ޝިއުނާ ވިދާޅުވީ މިހާރުވެސް 30 މީހެއްގެ މައްސަލަ އެ ކޮމިޝަނުން ބަލަމުންދާކަމަށެވެ.

"މިމައްސަލަ ނިންމޭނެ ތާރީޚެއް ދަންނަވަންދަތި. މިއީ ވަރަށްބޮޑު މައްސަލައެއް. މިމައްސަލަ މިބަލަނީވެސް ވަރަށްބޮޑު ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ތެރެއިން. މިހާރުވެސް އަޅުގަނޑުމެން އެބަ ބަލަން 30 މީހެއްގެ މައްސަލަ." މަޖިލީހުގެ ކޮމިޓީގައި ޝިއުނާ ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގެވިކަމަށް އަމިއްލައަށް އިއުތިރާފުވެ ވަޑައިގެންފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ފޯނުން ފޮނުވާފައިވާ 70،000 އަށް ވުރެ ގިނަ މެސެޖު ސީދާ އެމަނިކުފާނު ތަހުގީގީ އިދާރާތަކާ ހިއްސާ ކުރަށްވާފައިވާނެކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ޙާސިލްކުރުމަށްކަމަށް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެނގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ. އެގޮތުން ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ.

ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން