ލ. ގަމު ތުނޑީ އަވަށު ބަނދަރު ސަރަހައްދުގައި އެއްގަމުގައި ބާއްވާފައި އޮތް ދޯންޏެއްގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ ލ. ގަމު ތުނޑީ އަވަށު ބަނދަރުކައިރީ އެއްގަމުގައި ހުރި ދޯންޏެއްގައި އަލިފާން ރޯވެގެން އުޅޭކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ މިރޭ 19:17 ހާއިރު ކަމަށެވެ.
ހާދިސާގެ ރިޕޯޓް ލިބުމާއެކު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔަރ ސްޓޭޝަނުގެ ސިފައިން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.
މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް އަދި އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއްވެސް އަދި ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު