އިންޑިޔާގައި ބުދަ ދުވަހު އެކަނި ކޯވިޑް-19 އަށް 63،507 މީހަކު ފައްސިވެފައިވާ ކަމަށް އިންޑިޔާގެ ހެލްތު މިނިސްޓްރީން މިއަދު ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ހުސްވި މަހު އެއްދުވަސް މަތީން ބަލިޖެހުނު މިންވަރާ އަޅާ ބަލާއިރު މިއަދަދަކީ ދަށް އަދަދެކެވެ. ނަމަވެސް މިދިޔަ ދެތިން ދުވަހާ އަޅާ ބަލާއިރު މިއީ 8000 މީހުންގެ އިތުރުވުމެކެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް ފައްސި ވިމީހުންގެ އަދަދު 63،507 އަށް އަރައި، އިންޑިޔާގައި ޖުމްލަ ކޮވިޑް ޖެހުނު މީހުންގެ އަދަދު 7.2 މިލިއަނަށް އަރާފައިވާ ކަމަށްވެސް އިންޑިޔާގެ ހެލްތު މިނިސްޓްރީ އިން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން، އިންޑިއާގެ ހެލްތު މިނިސްޓްރީން މިއަދު ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ 24 ގަޑި އިރުގެތެރޭގައި، އިންޑިޔާގައި ކޮވިޑް ޖެހިގެން 730 މީހުން މަރުވެފައިވެއެވެ. މިއާއެކު ކޮވިޑް ޖެހިގެން މިހާތަނަށް އިންޑިޔާގައި މަރުވި މީހުންގެ އަދަދު ވަނީ 110،586 އަށް އިތުރުވެފައެވެ.
އިންޑިޔާގައި ކޮވިޑް ފެތުރުން އިތުރުވެ، މުޅި ދުނިޔެއިން ދެވަނައަށް އެންމެ ގިނަމީހުންނަށް ކޮވިޑް ޖެހިފައިވާ ގައުމަކަށް އިންޑިޔާ ވެފައިވާއިރު، 7.7 މިލިއަން މީހުންނަށް ކޮވިޑް ޖެހި، މިލިސްޓުގެ އެންމެ ކުރީގައި އޮތީ އަދިވެސް އެމެރިކާއެވެ.

ކިޔުންތެރިންގެ ހިޔާލު