އިންޑިޔާގެ ހައިދަރުއާބާދާއި ކައިރި ސަރަހައްދުތަކަށް އަންގާރަ ދުވަހު ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ، އެ ސަރަހައްދުތަކަށް އެތައް ގެެއްލުންތަކެއް ވެފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރާގޮތުގައި، ބޯކޮށް ވާރޭވެހި، ފެންބޮޑުވެ ބައެއް ގޭގޭގެ ފާރުތައްވެއްޓިފައިވާކަމަށް ވެއެވެ. އަދި މިހާދިސާގައި ހައިދަރުއާބާދުގެ 9 މީހަކު މަރުވެފައިވާކަމަށް ހައިދަރުއާބާދުގެ އިދާރާތަކުން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން، އިންޑިޔާގެ ޓެލަންގަނާ އަދި އަންދްރަ ޕްރަދޭޝްގެ ކައިރި ސަރަހައްދުތަކަށްވެސް ބޯކޮށް ވާރޭވެހުމާއި ފެންބޮޑުވުމުގެ ހާދިސާތަކުން މިހާތަނަށް 18 މީހަކު މަރުވެފައިވާކަމަށް އިންޑިޔާގެ ނޫސްތަކުގައި ފާހަގަކޮށްފައިވެއެވެ.
މިއަހަރުގެ ޖޫންމަހުން ފެށިގެން އޮކްޓޯބަރު މަހަށް ކުރިއަށްދާ ވިއްސާރަ މޫސުމުގައި އެތަކެއް ގެއްލުމެއް ލިބި އެތައްބަޔަކަށް އަނިޔާވެ ގިނަބައެއްގެ ފުރާނަ ގެއްލިފައިވާ ކަމަށް އިންޑިޔާ ސަރުކާރުން ހާމަކުރެއެވެ. މީގެ ތެރޭގައި ދަނޑުތައް ހަލާކުވެ ދަނޑުވެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.
އިންޑިޔާގެ ހޯމް މިނިސްޓްރީގެ ތަފާސްހިސާބު ތަކަށް ބަލާއިރު، ޖޫންމަހުން ފެށިގެން ކުރިއަށް މިދާ ވިއްސާރަ މޫސުމުގައި، މިހާތަނަށް 1،030 މީހުން މަރުވެފައިވެއެވެ. އަދި މޫސުމަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާއެކު، މިއަހަރުގެ ވިއްސާރަ މޫސުމުގައި، އިންްޑިޔާގެ ދެކުނުގެ ސަރަހައްދުތަކުގެ 9.6 މިލިއަން މީހުންނަށް އަސަރުކޮށްފައިވާކަމަށްވެސް އިންޑިއާ ސަރުކާރުން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު