މެލޭޝިޔާގެ ޕްރައިމް މިނިސްޓަރު ތަން ސްރީ މުހިއްދީން ޔާސީން
މެލޭޝިޔާގެ ޕްރައިމް މިނިސްޓަރު ތަން ސްރީ މުހިއްދީން ޔާސީން
ޗައިނާއިން އުފައްދާ ކޯވިޑް ވެކްސިން މިއަހަރުގެ ފަހުކޮޅު މެލޭޝިޔާއަށް ލިބޭނެކަމަށް އެގައުމުގެ ބޮޑުވަޒީރު ތާން ސްރީ މުހިއްދީން ޔާސީން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މެލޭޝިޔާއަށް މިއަހަރުގެ ފަހުކޮޅު ވެކްސިން ލިބޭނެކަމަށް ހާމަކުރަށްވަމުން، ބޮޑުވަޒީރު ވިދާޅުވީ މިއީ މެލޭޝިޔާއާއި ޗައިނާއާ ދެމެދު އޮތް ގާތް ގުޅުމާއި، ޗައިނާގެ ވެކްސިން ފޯރުކޮށްދިނުމުގައި މެލޭޝިޔާއިން ކުރަމުން ގެންދާ މަސައްކަތުގެ ސަބަބުން ލިބޭ ޔަގީން ކަމެއް ކަމަށެވެ.

މިގޮތުން ޗައިނާގެ ޚާރިޖީ ވަޒީރާއެކު ދޭދޭ ގުޅުންތަކާ ބެހޭގޮތުން ބައްދަލުވުންތައް ބާއްވައި، ޗައިނާގެ ވެކްސިން ފޯރުކޮށްދިނުމުގައި މެލޭޝިޔާގެ ފަރާތުން ލިބޭނެ އެހީތެރިކަމާ އެއްބާރުލުމާ ބެހޭގޮތުން ވާހަކަ ދެކެވިފައިވާކަމަށްވެސް ބޮޑުވަޒީރު މުހިއްދީން ވިދާޅުވެފައިވެއެވެ.

"ޗައިނާގެ ވެކްސިންއަކީ މިހާރު އެންމެ އެޑްވާންސްކޮށް ތަހުލީލުތައް ކުރެވިފައިވާ ވެކްސިން ކަމަށް ގަބޫލުކުރަންޖެހޭ، މިހާރު ދަނީ މިވެކްސިންގެ އެންމެ ފަހުގެ ތަހުލީލުތައް ކުރެވެމުން. މިއަހަރުގެ ފަހުކޮޅު މިވެކްސިން ބޭނުން ކުރުމަށް ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވޭ." ބޮޑުވަޒީރު މުހިއްދީން ވިދާޅުވިއެވެ.

މީގެ އިތުރުން 40 މިލިއަން ރިންގިޓް ދައްކައިގެން ކޯވެކްސްގެ ސްޓޭޓް މެމްބަރަކަށްވެފައިވާތީ ވެކްސިން ލިބުމުގެ ޔަގީންކަން ހޯދިފައިވާ ކަމަށްވެސް މުހިއްދީން ހާމަ ކުރެއްވިއެވެ.

ކޮވިޑް-19 ވެކްސިން ފޯރުކޮށްދިނުމަށް ޑަބްލިއު.އެޗް.އޯ އިން އުފައްދާފައިވާ، ކޯވެކްސް އާއި ގުޅުމުން، ގައުމުގެ ޖުމްލަ އާބާދީގެ 10 އިންސައްތައަށް ވެކްސިން ފޯރުކޮށްދޭނެއެވެ. ނަމަވެސް މެޝޭލިޔާ އާބާދީގެ 10 އިންސައްތައަކީ، 3 މިލިއަން މީހުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން