1997 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 15 ވީ އަންގާރަ ދުވަހަކީ އިސްލާމީ އުންމަތަށް ވަރަށް ހިތާމަވެރި ދުވަހެކެވެ.
އެ އަހަރުގެ ހައްޖުގެ އަޅުކަމުގެ ފުރަތަމަ ދުވަހު، މައްކާގެ މިނާގައި ގާއިމުކޮށްފައިވާ ފޭލިގެ ސިޓީގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 340 އަށްވުރެ ގިނަ ހާޖީން ޝަހީދުވެ، 1،500 އެއްހާ މީހުން ޒަޚަމްވިއެވެ.
ގާތްގަނޑަކަށް 2 މިލިއަން ހާޖީން މިނާގައި ޖަމާވެފައި ވަނިކޮށް، މި ހާދިސާ ހިނގަން މެދުވެރިވީ އެދުވަހުގެ ހެނދުނު 11:45 އެހާއިރު ކެއްކުމަށް ބޭނުންކުރާ ގޭސް ސިލިންޑަރެއް ގޮވުމުގެ ސަބަބުންނެވެ. އެ ވަގުތު މިނާގައި ގަޑިއަކު 40 މޭލު (64 ކިލޯމީޓަރު) ބާރުމިނުގައި ވަައިޖެހެމުން ދިއުމުގެ ސަބަބުން، އަލިފާންގަނޑު ވަރަށް ހަލުވިކަމާއެކު ކައިރީގައި ހުރި ފޭލިގެތަކަށް ފެތުރިގެން ދިޔައެވެ.
މި ހާދިސާގައި ޖުމްލަ 70،000 އެއްހާ ފޭލިގެ އަނދައި އަޅިއަށްވީއިރު، މުޅި ސަރަހައްދު އޮތީ ކަޅު ދުމުން ފުރިފައެވެ. ސައުދީ އަރަބިއްޔާގެ ސަރުކާރުން އަލިފާން ނިއްވުމަށްޓަކައި ހެލިކޮޕްޓަރުތަކާއި 300 އެއްހާ ފަޔަރ އިންޖީނު ބޭނުންކުރިއެވެ.
ޚަބަރު ފަތުރާ ވަސީލަތްތަކުން ދެއްކި މަންޒަރުތަކުން ފެނުނު ގޮތުގައި، އަލިފާން ނިއްވާ މީހުން ބާރުގަދަ ޖެޓްތަކުން ފެން ޖަހައިގެން އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރިއެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން އޭރުގެ ރަސްގެފާނު ފަހުދު ބިން އަބްދުލްއަޒީޒް ވަނީ ސައުދީ ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޝަހީދުވި ހާޖީންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ.
ޚަބަރުތައް ބުނާގޮތުން މި ހާދިސާގައި ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ އިންޑިއާ، ޕާކިސްތާން އަދި ބަންގްލަދޭޝްގެ ރައްޔިތުންނެވެ.
މި ހާދިސާއަށްފަހު، ސައުދީ ސަރުކާރުން ވަނީ ހައްޖުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށްޓަކައި މިލިއަނުން ފައިސާ ޚަރަދުކޮށް، އަލިފާން ނުހިފާ ފަދަ ޚާއްސަ މެޓީރިއަލްއަކުން ފޭލިގެތައް އަލުން ބިނާކޮށްފައެވެ.
އަދި ހަމައެހެންމެ، އެދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ހައްޖުގެ މާތް ބިމުގައި ހާޖީން އަމިއްލައަށް ކެއްކުމަކީ މުޅިން މަނާކަމެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.
މާތްﷲ އެ ހާދިސާގައި ޝަހީދުވި އެންމެހާ ފަރާތްތަކަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރައްވާށިއެވެ. އާމީން.

ކިޔުންތެރިންގެ ހިޔާލު