މިނިވަން ނޫސްވެރިކަމަށް ހުރަސްއަޅައި، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަން "ކަފުންކުރަމުންދާ" ކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އިބްރާހިމް ޝިފާޒް (ޝިއްޕެ) ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޝިފާޒް މިހެން ވިދާޅުވީ، ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން "އަދަދު" ނޫހުގެ އޮފީހަށް ވަދެ، އެ ތަން ބަލައި ފާސްކުރުމަށްފަހު ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ޑިވައިސްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅޭގޮތުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝިފާޒް ވިދާޅުވީ، މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދިން އެންމެ ބޭނުންވި ހައްގު ކަމަށްވާ 'މިނިވަން ނޫސްވެރިކަން' ކަފުންކުރުން ކަމަށެވެ. އަދި މިކަމާ މެދު އެހެން ނޫސްތަކުން އަޅާނުލައި ތިބެފިނަމަ މާދަމާ މި ނުރައްކާ އެހެން ނޫސްތަކަށް ވެސް އޮތް ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.
ފުލުހުން "އަދަދު" ނޫހުގެ އޮފީހަށް ވަދެފައި މިވަނީ، އެ ނޫހުން ދާދިފަހުން އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ކަމަށް އެ ނޫހުން މައުލޫމާތު ދެއެވެ. މި ޑޮކިއުމެންޓްރީގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކޮށް ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވެއެވެ.
ނަމަވެސް، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވަނީ އެ ޑޮކިއުމެންޓްރީގައި ކުރި ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވާފައެވެ. އަދި އެ މައްސަލަ ރަނގަޅަށް ތަހުގީގު ކުރުމަށް ރައީސް ވަނީ ކަމާ ގުޅުންހުރި އިދާރާތަކުގައި އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު