ށ. ފޯކައިދޫ ފުލުހުންގެ ސްޓޭޝަނުގައި މަސައްކަތްކުރާ އިސް ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ، ފޯކައިދޫގައި ސައިކަލެއްގައި ރޯކޮށްލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެ އިދާރާއަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ ރޭ 22:30 އެހައިކަންހާއިރު ކަމަށެވެ. މި ހާދިސާގައި ރޯކޮށްލާފައިވަނީ އެ ރަށު ޕޮލިސް ސްޓޭޝަނުގެ އިސްވެރިޔާގެ ސައިކަލުގައެވެ.
މި ސައިކަލަކީ އެ ފުލުސް މީހާ ދިރިއުޅޭ ގޭގެ ކައިރީގައި ބަހައްޓާފައި ހުރި އޭނާގެ އަމިއްލަ ސައިކަލެކެވެ. ރޯކޮށްލި އަލިފާނުގެ ސަބަބުން ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެ ގޭގެ ގޭޓުގެ ބައެއް ބައިތަކަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ނަމަވެސް ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު