ނޫސްވެރިޔާ ހަސަން މުހައްމަދު މިއަދު ހެނދުނު ފުލުސް އޮފީހަށް ހާޒިރުކޮށްފި
ނޫސްވެރިޔާ ހަސަން މުހައްމަދު މިއަދު ހެނދުނު ފުލުސް އޮފީހަށް ހާޒިރުކޮށްފި
އަދަދު ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ފަށާފައިވާ ޖިނާއީ ތަހުގީގަށް، އެ ނޫހުގެ ނޫސްވެރިޔާ ހަސަން މުހައްމަދު މިއަދު ހެނދުނު ފުލުސް އޮފީހަށް ހާޒިރުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ގަޛުފުކުރި ކަމުގެ ތުހުމަތުގައި ހިންގާ މި ތަހުގީގަށް، އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ވެސް މިއަދު މެންދުރުފަހު ހާޒިރުކުރުމަށް ވަނީ ނިންމާފައެވެ.

މި މައްސަލައިގެ ތަހުގީގު ހަލުވިކޮށް ކުރިއަށްދާން ފަށާފައިވަނީ، ޑޮކިއުމެންޓްރީގައި ކުރާ ތުހުމަތުތައް ރައީސް މުއިއްޒު ދޮގުކުރައްވައި، އެ މައްސަލައިގައި ދައުވާ ކުރައްވާނެ ކަމަށް އިއްޔެ ވިދާޅުވުމާ ގުޅިގެންނެވެ.

އެގޮތުން، އަންގާރަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އަދަދު ނޫހުގެ އޮފީހަށް ވަދެ، ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ތަހުގީގަށް ގެންގޮސްފައެވެ.

މީގެ އިތުރުން، ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށް ފިޔާޒާއި ހަސަންގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއްގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓާފައެވެ.



ކިޔުންތެރިންގެ ހިޔާލު