ހުސެއިން ފިޔާޒު
ހުސެއިން ފިޔާޒު
އަދަދު ނޫހުގެ އެޑިޓަރު ހަސަން މުހައްމަދާއި އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގަޒުފުކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ ޖޫން މަހުގެ 8 ވާ ހޯމަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

ސިއްރުކޮށްގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި ދެ ބޭފުޅުންގެ ޝަރީއަތުގެ އަޑުއެހުންތައް ވެސް ފެށުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ މެންދުރުކުރި 11:00 ޖަހާއިރު އެއް ވަގުތެއްގައެވެ.

މި ދެ ބޭފުޅުންގެ މައްޗަށް ގަޒުފުކުރުމުގެ ދައުވާ އުފުލާފައިވަނީ "އަދަދު" ނޫހުން އުފައްދައި އާންމުކުރި ޑޮކިއުމެންޓަރީއާ ގުޅިގެންނެވެ.

އެ ނޫހުގެ އިސް ދެ މަގާމުގައި ފިޔާޒާއި ހަސަން ތިއްބަވައިގެން ޝާއިޢުކުރި އެ ޑޮކިއުމެންޓަރީގައި ރައީސްގެ އަބުރަށް ހުތުރުވާފަދަ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ކަމަށް ދައުވާގައިވެއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އެ ތުހުމަތުތަކާ ގުޅޭގޮތުން "އަދަދު" ނޫހުން ސުވާލުކުރުމުން، އެކަން ތަހުގީގުކުރުމަށް ސީދާ ރައީސް މުއިއްޒު އެންގެވުމާ ގުޅިގެންނެވެ. އަދި ފިޔާޒާއި ހަސަންގެ މައްޗަށް ދައުލަތުން މި ދައުވާ އުފުލާފައިވަނީ އެ މައްސަލަ ރަސްމީކޮށް ބަލަން ފެށިތާ 14 ދުވަހުގެ ތެރޭގައެވެ.



ކިޔުންތެރިންގެ ހިޔާލު