ސުވާލުކުރުމުގެ ފުރުސަތު ދެއްވުމުން ރައީސުލްޖުމްހޫރިއްޔާއާ ސުވާލުކުރި މީހަކު، ނުހައްގުން ޖަލުގައި ބަންދުކޮށް އަނިޔާކުރަމުންދާތާ 11 ދުވަސް ވެފައިވާ ކަމަށް ބުނެ، ހައްޔަރުކޮށްފައިވާ ޝަހުޒާންގެ ބައްޕަ އަހުމަދު ޝާޒް ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެކްސް (ކުރީގެ ޓްވިޓާ) މެދުވެރިކޮށް އޭނާ ކުރިިއަށްގެންދިޔަ ޕޯސްޓެއްގައި ބުނެފައިވަނީ، ސިޔާސީ ގޮތުން އެއްވެސް މީހަކު ޖަލަށް ނުލާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، މިއަދު ފެންނަމުންދަނީ އެއާ މުޅިން ހިލާފު މަންޒަރުތަކެއް ކަމަށެވެ.
އަދި ރައީސް ހައްދަވަނީ ބޮޑެތި ދޮގުތަކެއް ކަމަށް ތުހުމަތުކޮށް، ޝަހުޒާން ވަގުތުން ދޫކޮށްލުމަށްވެސް އޭނާ ވަނީ ގޮވާލާފައެވެ.
މި މައްސަލައާ ގުޅިގެން އާންމުންގެ މެދުގައި ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވަމުންދާއިރު، ހިޔާލު ފާޅުކުރުމާއި ސުވާލުކުރުމުގެ މިނިވަންކަމަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ވެސް ދަނީ ތުހުމަތު ކުރަމުންނެވެ.
ނަމަވެސް މިކަމާ ގުޅޭގޮތުން ސަރުކާރުގެ ރަސްމީ އިދާރާއަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ސުވާލުކުރާށޭ ރައީސް ވިދާޅުވެގެން ރައީސް އާއި ސުވާލުކުރި މީހާ ނުހައްގުން ޖަލުގައި އަނިޔާ ލިބޭތާ 11 ދުވަސް ސިޔާސީ ގޮތުން ޖަލަށް ނުލާނަމޭ ވިދާޅުވާ ރައީސް ބޮނޑި ބޮނޑިއަށް ދޮގު ހެއްދެވުމުގަ.
— Ahmed Shaz (Thajoo) (@shaazthajoo) May 23, 2026
ޝަހްޒާން ދޫކޮށްލާ !@MMuizzu@MvSpokesperson#FreeShahzan
#FreeLucas
#FreeAllDetainees pic.twitter.com/xrbWTm10yq
އަދި ރައީސް ހައްދަވަނީ ބޮޑެތި ދޮގުތަކެއް ކަމަށް ތުހުމަތުކޮށް، ޝަހުޒާން ވަގުތުން ދޫކޮށްލުމަށްވެސް އޭނާ ވަނީ ގޮވާލާފައެވެ.
މި މައްސަލައާ ގުޅިގެން އާންމުންގެ މެދުގައި ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވަމުންދާއިރު، ހިޔާލު ފާޅުކުރުމާއި ސުވާލުކުރުމުގެ މިނިވަންކަމަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ވެސް ދަނީ ތުހުމަތު ކުރަމުންނެވެ.
ނަމަވެސް މިކަމާ ގުޅޭގޮތުން ސަރުކާރުގެ ރަސްމީ އިދާރާއަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު