ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ތުހުމަތުކޮށް، 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ޖަލަށްލީ މައްސަލައިގެ އިސްތިއުނާފު އަޑުހަދަން ދިވެހިރާއްޖޭގެ ހައިކޯޓުގައި ތައްޔާރުވެއްޖެއެވެ.
މި މައްސަލައިގެ އަޑުއެހުންތައް މާދަމާއަށް ހައިކޯޓުގައި ތާވަލުކޮށްފައިވާއިރު، އެ ދެ ނޫސްވެރިންގެ ޖަލު ހުކުމުގެ މުއްދަތު ހަމަވެ، ހުކުމް ތަންފީޒުކޮށް ނިމިގެން އެ މީހުން ވަނީ މިހާރު މިނިވަންވެފައެވެ.
މި ދެ ނޫސްވެރިންނަށް ޖަލު ހުކުމެއް އައީ އަދަދު ނޫހުގެ އިސްވެރިންގެ މައްޗަށް އުފުލުނު ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު 'ގެގް އޯޑަރާ' ޚިލާފުވި ކަމަށް ބުނެއެވެ. ނަމަވެސް ފަހުން ހައިކޯޓުގެ ބެންޗަކުން ވަނީ އެ އަމުރަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ އެއްވެސް މާއްދާއަކާ ހަވާލާދީ ނެރެފައިވާ އަމުރެއް ނޫން ކަމަށް ކަނޑައަޅާފައެވެ.
މި މައްސަލަ ބައްލަވާ ހައިކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސެއިން މަޒީދާއި، ފަނޑިޔާރު ދީބާނާޒް ފަހުމީގެ އިތުރުން ފަނޑިޔާރު އިބްރާހީމް މާހިރެވެ. މީގެކުރިން ގެގް އޯޑަރުގެ މައްސަލަ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައިކޯޓަށް ހުށައެޅުމުން ބޭރުކޮށްލި ނިންމުން ރިވިއުކުރި ބެންޗުގައި ވެސް ދީބާނާޒާއި މާހިރު ހިމެނިވަޑައިގެންފައިވާއިރު، އެ މައްސަލައިގައި އެ ދެ ފަނޑިޔާރުންގެ ރައުޔު ވަނީ ތަފާތުވެފައެވެ.
ސިއްރުން ބޭއްވި ޝަރީއަތަކަށް ފަހު، ދެ ނޫސްވެރިން ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ޖަލަށްލާފައިވަނީ ދިފާއުވުމަށް އެއްވެސް ފުރުސަތެއް ނުދީ ކަމަށް އޭރު އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ވަނީ ވިދާޅުވެފައެވެ.
މި ހުކުމުގެ ދަށުން ޝަހުޒާން 15 ދުވަހަށް އަދި ލީވާން 10 ދުވަހަށް ޖަލަށްލާފައިވެއެވެ. ނޫސްވެރިން ޖަލަށްލުމާ ގުޅިގެން އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓް (އައިއެފްޖޭ) އާއި ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓް (ސީޕީޖޭ) ފަދަ ބައިނަލްއަގުވާމީ މީޑިއާ ޖަމިއްޔާތަކުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ARG
ކިޔުންތެރިންގެ ހިޔާލު