މަސައްކަތްތެރިންގެ ދުވަސް ނުވަތަ މޭޑޭގެ މުނާސަބަތުގައި އެމްޑީޕީގެ ފަރާތުން އެކަށީގެންވާ ވަރުގެ ޙަރަކާތެއް ފެނިގެން ނުދިއުމަކީ ހިތާމަކުރަށްވާ ކަމެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ އެންމެހައި މަސައްކަތްތެރިންނަށް ފޮނުއްވަމުން ރައީސް ނަޝީދު ވިދާޅުވީ، މޭޑޭ އަކީ 2006 ވަނަ އަހަރުން ފެށިގެން އެމްޑީޕީގެ ސެކްރެޓޭރިއަޓުން އިސްނަގައިގެން ވަރަށް ފޯރިއާއެކު ފާހަގަކުރަމުން އައި ދުވަހެއް ކަމަށެވެ. އަދި މިއީ މަސައްކަތްތެރިންގެ ޙައްޤުތަކާ ގުޅޭ ތާރީޚީ އެތައް ޙަރަކާތްތަކެއް އެ ޕާޓީން ހިންގާފައިވާ، ނުހަނު މުހިންމު މުނާސަބަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖޭގައި މޭޑޭ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސީވެސް އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ކަމަށެވެ. އެހެންނަމަވެސް، މަސައްކަތްތެރިންގެ ޙައްޤުގައި ވަކާލާތުކުރުމުގެ ދިގު ތާރީޚެއް އޮތް ޕާޓީގެ ފަރާތުން، މިއަދު އެކަށީގެންވާ ފަދަ ޙަރަކާތްތެރިކަމެއް ނުފެނުމަކީ ލިބޭ ހިތާމައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ރައީސް ނަޝީދު މިބީދައިން ޝުޢޫރު ފާޅުކުރަށްވާފައި ވާއިރު، މީގެ ކުރިން މޭޑޭގައި އެމްޑީޕީން މާލޭގެ މަގުމަތީގައި ބޮޑެތި އެއްވުންތަކާއި ހިނގާލުންތައް ބާއްވައި، މަސައްކަތްތެރިންގެ ޙައްޤުތަކަށް އަޑުއުފުލާފައިވެއެވެ.
ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަސް ނުވަތަ މޭ ޑޭ ކޮންމެ އަހަރެއްގެވެސް މޭ މަހުގެ ފުރަތަމަ ދުވަހު ފާހަގަކުރަމުންދާއިރު، މިއީ މަސައްކަތްތެރިންގެ ހައްގުތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުވަހެވެ.

May Day ge thahuniya enmehai masahkaiytherinnah dhannavan!
— Mohamed Nasheed (@MohamedNasheed) May 1, 2026
May Day akee 2006 in feshigen @MDPSecretariat isnagaigen faahaga kuramun anna, haqquthakaa gulhey thaareekhee harakaaiythakeh hingaafaivaa, nuhanu muhinmu munsabatheh. May Day bandhu dhuvahakah hamajesseeves MDP ge…
މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ރައީސް ނަޝީދު މިބީދައިން ޝުޢޫރު ފާޅުކުރަށްވާފައި ވާއިރު، މީގެ ކުރިން މޭޑޭގައި އެމްޑީޕީން މާލޭގެ މަގުމަތީގައި ބޮޑެތި އެއްވުންތަކާއި ހިނގާލުންތައް ބާއްވައި، މަސައްކަތްތެރިންގެ ޙައްޤުތަކަށް އަޑުއުފުލާފައިވެއެވެ.
ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަސް ނުވަތަ މޭ ޑޭ ކޮންމެ އަހަރެއްގެވެސް މޭ މަހުގެ ފުރަތަމަ ދުވަހު ފާހަގަކުރަމުންދާއިރު، މިއީ މަސައްކަތްތެރިންގެ ހައްގުތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުވަހެވެ.
ކިޔުންތެރިންގެ ހިޔާލު