އީރާނުން ޕާކިސްތާނުގެ މެދުވެރިކޮށް އެމެރިކާއަށް ހުށަހެޅި އާ މަޝްވަރާގެ ހުށަހެޅުންތަކާމެދު ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.
ޓްރަމްޕް ވިދާޅުވީ އެ ހުށަހެޅުންތަކާމެދު "ހިތްހަމަޖެހިވަޑައިނުގަންނަވާ" ކަމަށާއި، މުޅި ޤައުމު "ސުންނާފަތިކޮށްލުމަކީ" ކުރަން ބޭނުންފުޅުވާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް، އެއީ އޮތް އިޚްތިޔާރެއް ކަމަށް ވިދާޅުވެ އޭނާ ވަނީ އީރާނަށް އިންޒާރު ދެއްވާފައެވެ.
ހަމައެއާއެކު، ހަނގުރާމަ ހުއްޓާލުމަށް ނުވަތަ އިތުރު ކުރުމަށް ކޮންގްރެސްއަށް ހުށަހެޅުމަށް ޓްރަމްޕަށް ދީފައިވާ މުއްދަތު މިއަދަށް ހަމަވާއިރު، އެމެރިކާގެ އިސް އޮފިޝަލަކު ބުނެފައިވަނީ މިހާރު އޮތް ސީޒްފަޔަރ ނުވަތަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއެކު ހަމަލާބަދަލުކުރުންތައް "ނިމުމަކަށް އައިސްފައިވާ" ކަމަށެވެ.
ނަމަވެސް މަސްރަޙު އަދިވެސް އޮތީ ނުތަނަވަސްކޮށެވެ. އީރާނުން ބިމުގެ އަޑީގައި ފޮރުވާފައިވާ ނުވަތަ އިމާރާތްތަކުގެ ކުނިތަކުގެ ދަށުގައި ހުރި ހަތިޔާރުތައް ނެގުމުގެ މަސައްކަތް ވަރުގަދަކޮށްފައިވާ ކަމަށް އެންބީސީ ނިއުސްއިން ވަނީ ރިޕޯޓްކޮށްފައެވެ.
މީގެ އިތުރުން، އީރާނުގެ ތާއީދު އޮންނަ ހިޒްބުالله ޖަމާއަތުގެ މަރުކަޒުތައް ހުންނަ ލުބުނާނުގެ ދެކުނަށް ދެމުންދާ ވަރުގަދަ ބޮން އެޅުމުގެ ހަމަލާތަކުގެ ސަބަބުން، އެ ސަރަހައްދުގައި އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކީ ހަމައެކަނި "ނަމެއްގައި އޮތް އެއްބަސްވުމެއް" ކަމަށް މައިދާނުގައި ހަރަކާތްތެރިވާ ރިޕޯޓަރުން ވަނީ ސިފަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު