މ. ރަތްމަންދޫ އާއި ވ. ރަކީދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ އިންތިޚާބު އަންނަ މަހު ބޭއްވުމަށް ނިންމައި، އެ ކޮމިޓީތަކުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ، މި ދެ ރަށުގެ ޑަބްލިއުޑީސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 20 ވަނަ ދުވަހު ކަމަށެވެ. މި ދެ ރަށުގެ އިންތިޚާބު ބާއްވަން ޖެހުނީ، ޑަބްލިއުޑީސީ އިންތިޚާބުގައި ވާދަކުރުމަށް މިދިޔަ ޖަނަވަރީ 17 އިން ފެބްރުއަރީ އެކަކަށް ހުޅުވާލި މުއްދަތުގައި، އިންތިޚާބު ކުރަން ޖެހޭ އަދަދަށް ކެންޑިޑޭޓުން ކުރިމަތިލާފައި ނުވާތީއެވެ.
އީސީގެ އިއުލާނުގައިވާ ގޮތުން، ރަތްމަންދޫގެ ޑަބްލިއުޑީސީ ކޮމިޓީއަށް އިންތިޚާބު ކުރުމަށް ހަމަޖެހިފައިވަނީ ރައީސަކާއި ދެ މެންބަރުންނެވެ. އަދި ރަކީދޫގެ ކޮމިޓީއަށް އިންތިޚާބު ކުރަނީ ކޮމިޓީގެ ރައީސަކާއި މެންބަރެކެވެ. މި މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 18 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 15:00 އެވެ.
މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު ރާއްޖޭގައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބާއްވާފައެވެ. އެ އިންތިޚާބުގައި ގިނަ މުހިންމު ގޮނޑިތައް ކާމިޔާބު ކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.
އާބާދީއަށް ބަލާއިރު، ރަކީދޫއަކީ ސަތޭކައެއްހާ މީހުން ދިރިއުޅޭ ރަށެކެވެ. އަދި ރަތްމަންދޫގައި ދިރިއުޅެނީ ގާތްގަނޑަކަށް 240 އެއްހާ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު