ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދާނަމަ، ކުރިއަށް އޮތް ތަނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ރައްޔިތުންގެ ތާއީދު ނުލިބޭނެ ކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. ޑީޑީ ވިދާޅުވީ، ފާރުތަކުގައި ޕީއެންސީގެ ކުލަލައިގެން ނުވަތަ ވަޒީފާ ބަހައިގެން ރައްޔިތުންގެ ތާއީދު ހޯދޭނެ ކަމަށް ގަބޫލުކުރެއްވުމަކީ ކުށްހީއެއް ކަމަށެވެ. ފާއިތުވި ލޯކަލް ކައުންސިލް އިންތިޚާބާއި ރިފަރެންޑަމް ވޯޓުން، ރައްޔިތުންގެ 70 އިންސައްތަ ރައީސް މުޢިއްޒަށް "ނޫނެކޭ" ބުނެފައިވާ ކަމަށާއި، އެކަން މިހާރު އެމަނިކުފާނަށް ސާފުވާންޖެހޭނެ ކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ.
"ސަރުކާރުގެ އިމާރާތްތަކުގައި ޕީއެންސީގެ ކުލަ ލައިގެން ތާއީދު ހޯދަން އުޅުމަކީ ހަގީގަތުގައިވެސް ސިކުނޑީގެ އުނިކަމެއް ހުރި ކަމުގެ ހެއްކެއް. ރައްޔިތުންނަށް ފެންނަން އޮތް ހަގީގަތަކީ، މި ވެރިކަމަށް ދެ އަހަރު ބާކީވެގެން ދާއިރުވެސް، ހއ. ތުރާކުނުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ކުރީ ސަރުކާރުން ފަށާފައި ހުރި ހުރިހާ މަޝްރޫއުތަކެއް ހުރީ ހުއްޓިފައި،" ޑރ. ޑީޑީ ވިދާޅުވިއެވެ.
ޑރ.ޑީޑީ އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ ޓެކްސް ފައިސާއިން އެތައް މިލިއަން ރުފިޔާއެއް ހޭދަކުރައްވާއިރު، އެ ދަތުރުތަކުގައި ބޮޑެތި ވަފުދުތަކާއި ކެބިނެޓް މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް، އެ ރަށްރަށުގައި އަޅާފައިވާ ބިންގާތައް "ގާވެފައި" ހުރި ކަމަށާއި، މަސައްކަތް ކުރިއަށް ނުދިއުމުގެ ސަބަބުން ކޮނެފައިވާ ވަޅުގަނޑުތަކުގައި ފެން ހަރުލައި، މަދިރި އާލާވެ ސިއްހީ ނުރައްކާތައް ކުރިމަތިވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އައްޑޫ ސިޓީއަށް ވެވަޑައިގެންނެވި ބޮޑެތި ވައުދުތަކަށް އަލިއަޅުވާލައްވަމުން ޑރ. ޑީޑީ ސުވާލު އުފެއްދެވީ، އައްޑޫ ހުޅުމީދޫ އާއި ހިތަދޫ ގުޅުވާލުމަށް ވިދާޅުވި ބްރިޖް ކޮބައިތޯއެވެ. އަދި ހަންކެޑެ މަޝްރޫއު ފަދަ އައްޑޫގެ ތަރައްގީގެ މަސައްކަތްތައް ހުއްޓިފައިވާ ކަމަށާއި، އާބާދީ ބޮޑު އައްޑޫ ސިޓީގައި އަސާސީ ޚިދުމަތެއް ކަމަށްވާ ކަރަންޓުގެ މައްސަލަވެސް ހައްލުނުކުރެވި އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ރައީސް އަޅަން ވިދާޅުވި މާލެ އާއި ރަސްމާލެ އާއި ދެމެދު "ބިއްލޫރި ޓަނަލް" ކޮބައިތޯ ވެސް ޑރ.ޑީޑީ ވިދާޅުވިއެވެ.
"ކިތަންމެ ވަރަކަށް ކުލަބޮކި ދިއްލައި، ދިދަފަތި ދެމިޔަސް، ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދޭނަމަ ތާއީދެއް ނުލިބޭނެ. ރައީސް މުޢިއްޒުގެ ކެބިނެޓުގައި ތިއްބެވީވެސް އެކި ޖަރީމާތަކަށް ތުހުމަތުކުރެވޭ ބޭފުޅުން ކަމަށްވާތީ، މި ސަރުކާރުން ގެންނަ ބަދަލުތަކުން ރައްޔިތުންނަށް ހެޔޮ މަންޒަރެއް ނުފެންނާނެ،" ޑރ. ޑީޑީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު