ސިޔާސީ ޕާޓީއަކުން ކުރާނެ އެންމެ ބޮޑު ކުށަކީ ވައްކަން ކުރުން ކަމަށް ވިދާޅުވެ، މި ސަރުކާރުން ހިންގަމުންދަނީ ވައްކަމުގެ އަމަލުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މިއަދު ތުހުމަތު ކުރަށްވައިފިއެވެ.
މީކާއިލް މިފަދައިން ވިދާޅުވީ، އިދިކޮޅު ސިޔާސީ ޕާޓީތަކުން ގާނޫނާ ހިލާފު ހަރަކާތްތައް ހިންގަމުން އަންނަ ކަމަށް ތުހުމަތުކޮށް، އެ ހަރަކާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް އެދި ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން މަޖިލީހަށް ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުންނެވެ.
ޤަރާރުގެ ބަހުސްގައި މީކާއިލް ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ ބަސްމަގު ހުންނަ ގޮތުން ނުވަތަ އެހެން ކަމަކުން އެ ޕާޓީއަކީ އިޖުތިމާއީ މިންގަނޑާ ހިލާފަށް އަމަލުކުރާ ބައެއްގެ ގޮތުގައި ބެލެވެން ނެތް ކަމަށެވެ.
"ބަސްމަގަކުންނެއް ނޫން ސިޔާސީ ޕާޓީއެއް އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް އަމަލުކުރަނީއެއް ނޫން. ސިޔާސީ ޕާޓީތަކުން ކުރާ އެންމެ ހުތުރު އަމަލަކީ ވައްކަން. މި ސަރުކާރުން މި ނޫން ކަމެއް ނުކުރޭ،" މީކާއިލް ވިދާޅުވިއެވެ.
ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު މަޖިލީހަށް ހުށަހެޅުއްވި މި ގަރާރުގައި ބުނެފައިވަނީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން އަންނަނީ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ސިލްސިލާކޮށް މަގުމަތީ ހަރަކާތްތަކެއް ހިންގަމުން ކަމަށެވެ. މި ހަރަކާތްތަކަކީ ގައުމުގެ މަސްލަހަތު ނަގާލުމަށް ހިންގާ އަމަލުތަކެއްގެ ގޮތުގައި އެ ގަރާރުގައި ވަނީ ސިފަކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މިއަދުގެ ޖަލްސާގައި މި ގަރާރަށް ބަހުސް ކޮށްފައިވާއިރު، އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ހާއްސަކޮށް، ރައްޔިތުންގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅައި، ސިޔާސީ ހަރަކާތްތައް ހުއްޓުވަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅު މެންބަރުން ތުހުމަތު ކުރަށްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު