އިޒްރޭލުން ފުރަތަމަ ފަހަރަށް ހަންޓާވައިރަސް ޖެހިފައިވާ މީހަކު ފެނިއްޖެއެވެ. ސިއްހީ މާހިރުން ގަބޫލުކުރާ ގޮތުގައި މި ބަލި އެމީހާގެ ހަށިގަނޑަށް އަރާފައިވަނީ މީގެ މަސްތަކެއް ކުރިން އިރުމަތީ ޔޫރަޕަށް ކުރި ދަތުރެއްގެ ތެރެއިންނެވެ.
މި ކޭސް ފެނުމާ ގުޅިގެން އިޒްރޭލުގެ ސިއްހީ ވުޒާރާތަކުން މިހާރު ދަނީ މިކަން އިތުރަށް ތަހުގީގުކޮށް، އާންމު ސިއްހަތަށް އޮތް ނުރައްކާ ކުޑަކުރުމަށްޓަކައި ހާލަތު ވަރަށް ގާތުން ބަލަމުންނެވެ.
މި ބަލި ޖެހުނު މީހާގެ ހާލަތު މިހާރު ސްޓޭބަލް ކަމަށް ރިޕޯޓުތައް ބުނާއިރު، ހަންޓާވައިރަސް އަކީ އާންމުކޮށް މީދަލުގެ ޒަރީއާއިން އިންސާނުންގެ ގަޔަށް އަރާ ވައިރަހެކެވެ.
އިޒްރޭލުގެ އޮފިޝަލުން ހާމަކުރައްވާ ގޮތުގައި، މި ކޭސްއަކީ ދާދި ފަހުން އެޓްލާންޓިކް ކަނޑުގެ ކްރޫޒް ލައިނަރ އެއްގައި ފެތުރެމުންދާ ހަންޓާވައިރަސްގެ "އެންޑީސް" ވޭރިއަންޓާ ގުޅުމެއް އޮތް ކަމެއް ނޫނެވެ.
މިއީ ޔޫރަޕުގެ ގައުމުތަކުން ފެންނަ ބާވަތުގެ ވައިރަހެއް ކަމަށް ބެލެވޭތީ، އާންމުންގެ ތެރޭގައި ބަލި ފެތުރުމުގެ ފުރުސަތު ކުޑަ ކަމަށްވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު