މިއަދު ފާހަގަކުރަމުންދާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ ކުޑަކުދިންނަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވައިފިއެވެ.
އެމަނިކުފާނުގެ މި ތަހުނިޔާ ފޮނުއްވާފައިވަނީ މިއަދު އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ޞާލިޙްގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، ކުޑަކުދިންނަކީ ގައުމުގެ މުސްތަގުބަލު ކަމަށްވާއިރު، ކޮންމެ ކުއްޖަކީވެސް ރައްކާތެރިކަން ލިބިގެންވާ، އަދި އަގުވަޒަން ކުރެވޭ ކުއްޖަކަށް ހެދުމަކީ ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށެވެ.
އަދި ކުދިންގެ ކިބައިގައިވާ ހުނަރުތައް އެންމެ ފުރިހަމަ ގޮތުގައި ތަރައްގީކޮށް، އެކުދިންގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށްޓަކައި ފުރުސަތުތައް ފަހިކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކުޑަކުދިންނަށް އުފާވެރި އަދި ބާއްޖަވެރި މުސްތަގުބަލެއް ހޯދައިދިނުމަށް ބާރުއަޅުއްވަމުން، އެމަނިކުފާނު ވަނީ ދިވެހި ހުރިހާ ކުދިންނަށް އުފާވެރި ކުޑަކުދިންގެ ދުވަހަކަށް އެދިވަޑައިގެންފައެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި، އެކުދިންނަށް ބޭނުންވާ ލޯތްބާއި އަޅާލުން ފޯރުކޮށްދިނުމުގެ މުހިންމުކަން ރައީސް ޞާލިޙްގެ މި މެސެޖުގައި ވަނީ ވަރަށް ބޮޑަށް ބާރުއަޅުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު