ސްރީލަންކާގެ އިގުތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކު، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ހަކަތަ އުފެއްދުމަށް ހިނގާ ހަރަދު އިތުރުވުމާ ގުޅިގެން، އެ ގައުމުގެ ކަރަންޓުގެ އަގުތައް މާދަމާ އިން ފެށިގެން އަނެއްކާވެސް ބޮޑުކުރުމަށް ނިންމައިފިއެވެ.
ލަންކާގެ ޕަބްލިކް ޔޫޓިލިޓީސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ކަރަންޓުގެ އަގަށް ގެނައި މި ބަދަލާ އެކު ބިލްތަކުން %18 އާ ހަމައަށް އިތުރުވާނެއެވެ. މި ބަދަލުގެ އަސަރު މައިގަނޑު ގޮތެއްގައި ކުރާނީ މަހަކު 180 ޔުނިޓަށް ވުރެ ގިނައިން ކަރަންޓު ބޭނުންކުރާ ފަރާތްތަކަށެވެ.
މީގެ ތެރޭގައި ސިނާއީ މަސައްކަތްތައް ކުރާ ތަންތަނާއި، ހޮޓާތަކާއި، ވިޔަފާރިތަކުގެ އިތުރުން ސަރުކާރުގެ އިދާރާތަކާއި އަޅުކަންކުރާ ތަންތަން ވެސް ހިމެނެއެވެ. ނަމަވެސް، އާންމު ގޭބިސީތަކުގެ ތެރެއިން މަހަކު 180 ޔުނިޓަށް ވުރެ މަދުން ކަރަންޓު ބޭނުންކުރާ ފަރާތްތަކުގެ ބިލަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
މިއީ ފާއިތުވި ކުރު މުއްދަތެއްގެ ތެރޭގައި ލަންކާގެ ހަކަތައިގެ އަގަށް ބަދަލު ގެނައި ދެވަނަ ފަހަރެވެ. މިދިޔަ މަހު ވެސް އެ ގައުމުން ވަނީ ކަރަންޓުގެ އަގު %40 ބޮޑުކޮށްފައެވެ. މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވުމާ ގުޅިގެން ތެޔޮ ސަޕްލައި ކުރުމަށް ދިމާވެފައިވާ ދަތިތަކުގެ ސަބަބުން، އެ ގައުމަށް އެތެރެކުރާ ތެލުގެ އަގު ވެސް ވަނީ %35 އަށް ވުރެ ބޮޑުވެފައެވެ.
ހަކަތައިގެ އަގުތައް މިގޮތަށް އުފުލުމާ ގުޅިގެން ލަންކާގެ އިންފްލޭޝަން ރޭޓަށް ވެސް ވަނީ ބޮޑު އަސަރެއް ކޮށްފައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު އެ ގައުމުގެ އިންފްލޭޝަން ވަނީ %5.4 އަށް އުފުލިފައެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ.
ލަންކާ ސަރުކާރުން ބުނެފައިވަނީ މި ނިންމުމަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ކަރަންޓު އުފެއްދުމުގެ ހަރަދު ދެކޮޅު ޖެއްސުމަށް މަޖުބޫރުވެގެން ނިންމި ނިންމުމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު