ސަރުކާރު ޖަވާބުދާރީކުރުވުމުގެ ގާބިލުކަން ހުންނާނީ އެއްގޮތެއްގައި ސާބިތުވެ ހުންނަ، އަދި ބަހާއި އަމަލު ދިމާވާ ފަދަ ޝަޚުޞިއްޔަތަކަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.
މީކާއީލް މިހެން ވިދާޅުވީ އޭނާގެ "އިތުބާރު" ކެމްޕެއިންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ، ކެމްޕެއިން ދަތުރުތަކުގައި މާޅޮސްމަޑުލުގެ 19 ރަށަކަށް ޒިޔާރަތްކުރެވިފައި ވާކަމަށާއި، އެ ރަށްރަށުގެ އާންމު މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޕާޓީ ބައިބައިވެގެންދިއުން ކަމަށެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ނަން ސީދާ ގޮތެއްގައި ވިދާޅުނުވި ނަމަވެސް، މީކާއީލް ވަނީ ވާދަވެރި ކެންޑިޑޭޓުންނަށް އަމާޒުކޮށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، އިންތިޚާބުގެ ނަތީޖާ ނުކުންނަ ގޮތަކުން ވާދަވެރި ކެންޑިޑޭޓުން ޕާޓީގައި ދެމިތިބޭނެތޯ ކޮންމެ ރަށަކުން ވެސް ސުވާލު އުފައްދަމުންދާ ކަމަށެވެ. މީގެ އިތުރުން، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ކުރިމަތިވި ނާކާމިޔާބީއަށް އަލިއަޅުވާލައްވަމުން މީކާއީލް ވިދާޅުވީ، އެ އަހަރުގެ ރިޔާސީ ޕްރައިމަރީއަށް ފަހު ބަޔަކު ޕާޓީ ދޫކޮށް ދިއުމުގެ ސަބަބުން ޕާޓީގެ އެތެރޭގައި އޮތް އިތުބާރު ގެއްލިފައިވާ ކަމަށެވެ.
"އަޅުގަނޑު ތަކުރާރުކޮށް އެ ބޭފުޅުންނަށް އަރުވަން ބޭނުންވާ ޔަގީންކަމަކީ، މި އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް، އަޅުގަނޑުމެން ދެމިތިބޭނީ ކުރިން ވެސް ތިބިހެން މި ޕާޓީގައި. މި ޕާޓީގެ އާންމު މެންބަރުންނަށް ޚިދުމަތްކުރުމުގައި،" މީކާއީލް ވިދާޅުވިއެވެ.
ނަޝީދު ހުށަހަޅުއްވާފައިވާ "ބޮޑު ބަދަލު" މެނިފެސްޓޯއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ، އެއީ ރިޔާސީ ޕްރައިމަރީއަކަށް އެކަށީގެންވާ އެއްޗެއް ކަމަށާއި، ޕާޓީ ހިންގުމާ އެ މެނިފެސްޓޯއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި އޭނާގެ ޓީމުން ހުށަހަޅާނީ ޕާޓީގެ ރޫހު އާލާކޮށް، ޕާޓީ ވަރުގަދަކުރާނެ ފަދަ އަމަލީ މެނިފެސްޓޯއެއް ކަމަށް ވެސް ވިދާޅުވިއެވެ.
މީކާއީލް އިތުރަށް ވިދާޅުވީ މިހާރުގެ ސަރުކާރު ޖަވާބުދާރީކުރުވުމަށްޓަކައި އެމްޑީޕީއަށް ބޭނުންވަނީ އަމިއްލަ އެދުމެއް ނެތް، ބަހުގައި ހިފަހައްޓާ ވަރުގަދަ ޗެއާޕާސަނެއް ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީކާއީލްގެ އިތުރުން ވާދަކުރައްވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އިބްރާހީމް މުޙައްމަދު (ވާޑު) އެވެ. މި އިންތިޚާބުގެ ފޯރި ގަދަވެފައިވާއިރު، އެންމެ ވަރުގަދަ ކެމްޕެއިނެއް ކުރިއަށްގެންދަވަނީ ނަޝީދު އާއި މީކާއީލްކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު