ފަރުދުންތަކެއްގެ މެދުގައި ހިނގާ ޖިނާއީ މައްސަލައެއްގެ ތެރެއިން، މުޅި ގައުމުގެ ހުރިހާ ރައްޔިތުންގެ މައްޗަށް ދަށު ކޯޓަކަށް އަމުރު ނެރެވިދާނެ ކަމަށް ގާނޫނުއަސާސީގެ އެއްވެސް މާއްދާއެއްގައި ބަޔާންކޮށްފައި ނުވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެެއްޖެއެވެ.
އޮންލައިން ނޫސް "އަދަދު" އިން ޝާއިއުކުރި ޑޮކިއުމަންޓްރީއަކ ގުޅިގެން ޖިނާއީ ތަހުގީގެއް ފަށާފައިވާއިރު، ރިމިނަލް ކޯޓުން ވަނީ އެ ވީޑިއޯ ދައުރުނުކުރުމަށާއި އޭގައިވާ ވާހަކަތައް ނުދެއްކުމަށް އާންމު ރައްޔިތުންގެ މައްޗަށް އަމުރެއް ނެރެފައެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މޫސަ ވިދާޅުވީ ގާނޫނުއަސާސީއަށް ބަދަލެއް ގެނެސްގެން އެކަމާ މެދު ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅުމުންވެސް، މައްސަލަ ނިމެންދެން އާންމު ރައްޔިތުންގެ މައްޗަށް އަމުރެއް ނުނެރެވޭ ކަމަށެވެ. އެހެންކަމުން، ބައެއްގެ މެދުގައި ހިނގާ ޖިނާއީ ޝަރީއަތެއްގެ ތެރެއިން މުޅި ރައްޔިތުންގެ މައްޗަށް އަމުރު ނެރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ، ގާނޫނުއަސާސީގެ 44 ވަނަ މާއްދާގައި ކުށުގެ ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ތަހުގީގު ހިންގާ ޝަރީއަތް ކުރެވިދާނެ ކަމަށް ބުނާއިރު، އެކަމުގެ ސަބަބުން އެހެން މީހެއްގެ ހައްގަކަށް ނުވަތަ ގާނޫނީ ވާޖިބަކަށް ހުރަސް އެޅިގެން ނުވާނެ ކަމަށެވެ. އަދި ކޯޓުތަކަށް ލިބިގެންވާ ބާރުތަކާއި، އިދާރީ ފިޔަވަޅު އެޅުމުގައި އަމަލުކުރަންޖެހޭ ގޮތް ގާނޫނުއަސާސީގެ 42 އަދި 43 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ގާނޫނުއަސާސީގެ 62 އަދި 63 ވަނަ މާއްދާއަށް ރިއާއަތްކުރާއިރު، ހައްގުތައް ގެއްލޭ ކަމަށް ފެންނަނަމަ، ގާނޫނަކުން ބާރުލިބިގެން މެނުވީ އެފަދަ އަމުރުތަކަށް ތަބާނުވުމުގެ ހައްގު ރައްޔިތުންނަށް ލިބިގެންވާ ކަމަށް 64 ވަނަ މާއްދާގައި ބުނާކަން މޫސަ ހަނދާންކޮށްދެއްވިއެވެ.
ކްރިމިނަލް ކޯޓުގެ އަމުރަށް ފާޑުވިދާޅުވަމުން މޫސަ ވަނީ، މިހާރު ކަންކަން ހިނގަމުންދާ ގޮތުން ފިހާރައަކުން ސޯފާއެއް ގަނެގެން ޕިކަޕަކަށް އަރުވައިގެން ދަނިކޮށްވެސް ކޯޓު އަމުރާ ހިލާފުވެގެން ކަމަށް ބުނެ މީހުން ހައްޔަރުކުރަންވީ ނޫންތޯ ސުވާލު އުފައްދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު