ތަޢާރަފް:
ޝަރީއަތުގެ މަރުޙަލާގައި، ކޯޓުން ބޭރުގައި މައްސަލައިގެ ވާހަކަ ދެއްކުމަކީ ބައެއް ފަހަރު ޝަރީއަތުގެ ހަމަހަމަކަމާއި ނަތީޖާއަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާ ކަމެކެވެ. ހާއްސަކޮށް، ނޫސްވެރިކަމާއި ސޯޝަލް މީޑިއާ ފަދަ ވަސީލަތްތައް ޢާއްމުވެފައިވާ ޒަމާނެއްގައި، މައްސަލައިގެ ޝަރީއަތް ހިނގަމުންދާ ދުވަސްވަރު ކޯޓުރޫމުން ބޭރުގައި ދެކެވޭ ވާހަކަތަކުން ހެކިވެރިންނާއި ފަނޑިޔާރުންގެ ނިންމުންތަކަށް ނުފޫޒު ފޯރުވިދާނެ ކަމުގެ ބިރު ބޮޑެވެ. މިފަދަ ހާލަތްތަކުގައި ޝަރީއަތުގެ ހަމަހަމަކަން ކަށަވަރު ކުރުމަށްޓަކައި ކޯޓުތަކުން ބޭނުންކުރާ ގާނޫނީ ހަތިޔާރަކީ "ގެގް އޯޑަރ" ނުވަތަ ހިމޭންކަމުގެ އަމުރެވެ.
ގެގް އޯޑަރަކީ ފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިނގަމުންދާ ޝަރީއަތާއި، އެ މައްސަލައާ ގުޅޭ އެއްވެސް ވާހަކައެއް ޝަރީއަތުގެ ބޭރުން ދެއްކުން މަނާ ކޮށް ކޯޓުން ނެރޭ ރަސްމީ އަމުރަކަށް ކިޔާ ނަމެކެވެ. ދިވެހިރާއްޖެ ހިމެނޭ ގޮތަށް ދުނިޔޭގެ ގިނަ ޑިމޮކްރެޓިކް ގައުމުތަކުގައި ވެސް ބޭނުންކުރާ މި ގާނޫނީ އުސޫލުގެ ތާރީހާއި، ބޭނުމާއި، ދިވެހިރާއްޖޭގައި ތަންފީޒު ކުރެވޭ ގޮތް ދެނެގަތުމަކީ ގާނޫނީ ހޭލުންތެރިކަން އިތުރުކުރުމަށް ވަރަށް މުހިންމު ކަމެކެވެ. މި ރިޕޯޓްގައި ގެގް އޯޑަރާ ގުޅޭ ކޮންމެވެސް މިންވަރެއްގެ މައުލޫމާތެއް ހިއްސާ ކޮށްފައިވާނެއެވެ.
ގެގް އޯޑަރ - ތަސައްވުރާއި ތަޢުރީފް:
ގެގް އޯޑަރ، ދިވެހި ބަހުން ބުނާ ނަމަ "ހިމޭންކަމުގެ އަމުރު"، ނުވަތަ "މަނާ ކުރާ އަމުރު"، ނެރެވެނީ ހިނގަމުންދާ ޝަރީއަތަކާ ގުޅިގެންނެވެ. ފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅިފައިވާ ގަޒިއްޔާއެއްގެ ތެރޭގައި ހިނގާ ކަންކަމާ ބެހޭ ގޮތުން، ޝަރީއަތުގެ ބޭރުން ވާހަކަ ދެއްކުން ހުއްޓުވުމަށް ކޯޓުން ނެރޭ ރަސްމީ އަމުރެއްގެ ގޮތުގައި ގެގް އޯޑަރ ސިފަ ކުރެވިދާނެއެވެ.
ގެގް އޯޑަރ ތަންފީޒުވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ހަމައެކަނި ދައުވާ ކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތް އެކަންޏެއް ނޫނެވެ. ދެ ފަރާތުގެ ވަކީލުންނާއި، ހެކިވެރިންނާއި، ކޯޓު އޮފިސަރުންނާއި، ޝަރީއަތަށް ވަދެ ތިބޭ އާންމުންނާއި، ނޫސްވެރިންގެ މައްޗަށް ވެސް ބައެއް ހާލަތްތަކުގައި ގެގް އޯޑަރ ނެރެއެވެ. ވީމާ، ގެގް އޯޑަރަކީ ޝަރީއަތަކާ ގުޅުން ހުރި ހުރިހާ ފަރާތްތަކެއްގެ މައްޗަށް ހިނގާ ފުޅާ ދާއިރާއެއްގެ ހިމޭންކަމުގެ އަމުރެއްކަން ފާހަގަ ކުރެވެއެވެ.
ދުނިޔޭގެ ތާރީޚުގައި ގެގް އޯޑަރ:
ގެގް އޯޑަރުގެ ތާރީހީ ބިންގާ ހޯދާ ބަލައިފިނަމަ، ދުނިޔޭގެ ޝަރުއީ ތާރީހުގައި ފާހަގަ ކޮށްލެވޭ މައްސަލަތަކެއް ފެންނަން އެބަހުއްޓެވެ. ހާއްސަކޮށް، ޒަމާނީ ގާނޫނީ ނިޒާމުތަކުގެ ތެރެއިން ގެގް އޯޑަރ ވަކި ގޮތަކަށް ތަރައްގީވެ، ތަންފީޒު ކުރެވެން ފެށީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ހުޅަނގުގެ ޑިމޮކްރެޓިކް ގައުމުތަކުގައި ނޫސްވެރިކަން ފުޅާވެ، ޝަރީއަތްތަކަށް ނޫސްތަކުގެ ސަމާލުކަން ހުއްޓެން ފެށި ހިސާބުންނެވެ.
ޝެޕާޑް ވ. މެކްސްވެލް 1966 - ތާރީހީ ހިސާބު:
ދުނިޔޭގެ ޝަރުއީ ތާރީހުގައި ގެގް އޯޑަރުގެ ބިންގާ ވަރުގަދަ ކޮށްދިން، ގަޒިއްޔާ އަކީ 1966 ވަނަ އަހަރު އެމެރިކާގެ ސުޕްރީމް ކޯޓުން ނިންމި ޝެޕާޑް ވ. މެކްސްވެލް ގަޒިއްޔާއެވެ. މި ގަޒިއްޔާ ދިވެހިރާއްޖެ ހިމެނޭ ގޮތަށް ދުނިޔޭގެ ގިނަ ގާނޫނީ ނިޒާމުތަކުގައި ދިރާސާ ކުރެވޭ ތާރީހީ ގަޒިއްޔާއެކެވެ.
މި ގަޒިއްޔާ ގައި ޑރ. ސެމިއުލް ޝެޕާޑްގެ މައްޗަށް ދައުވާ ކުރެވުނީ، 1954 ވަނަ އަހަރު އޭނާގެ އަނބިމީހާ ވަރަށް ރަހުމް ކުޑަ ގޮތަކަށް މަރާލި ކަމުގެ ތުހުމަތުގައެވެ. ދަށު ކޯޓުން ޝެޕާޑްގެ މައްޗަށް ކުށް ސާބިތު ކޮށް ހުކުމް ކުރި ނަމަވެސް، ސުޕްރީމް ކޯޓުން ފަހުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލް ކޮށްފައެވެ.
ސުޕްރީމް ކޯޓުން ހުކުމް ބާތިލް ކުރި ސަބަބެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ، ޝަރީއަތް ހިނގި ދުވަސްވަރު ނޫސްތަކާއި ނޫސްވެރިންނަށް ޝަރީއަތް ހަމަ "ހިތަކަށް" ހުޅުވާލެވިފައި އޮތް ކަމަށެވެ. އެކަމުގެ ސަބަބުން ޝަރީއަތާ ގުޅޭ ވާހަކަތައް ނޫސްތަކުގައި ފެތުރި، ހެކިވެރިންނަށާއި ޖޫރީ މެންބަރުންނަށް ނޭދެވޭ ނުފޫޒު ފޯރިކަމަށް ކޯޓުން ނިންމިއެވެ. ސުޕްރީމް ކޯޓުން ނެރުނު ހުކުމުގައި ދަށު ކޯޓަށް ހިދާޔަތް ދިނީ، ދެން ހިންގާ ޝަރީއަތްތަކުގައި ނޫސްވެރިންނާއި ބޭރުން ވަދެ ތިބޭ ފަރާތްތަކަށް ހަރުކަށި ހިފެހެއްޓުންތަކެއް ގެންގުޅޭ ގޮތަށް ޝަރީއަތް ހިންގުމަށެވެ. މިއީ ދުނިޔޭގެ ޝަރުއީ ތާރީހުގައި ގެގް އޯޑަރުގެ ބިންގާ ވަރުގަދަވެ، ތަންފީޒީ ބާރެއް ލިބިގެން ދިޔަ ހިސާބު ކަމަށް ގާނޫނީ ދިރާސާވެރިން ފާހަގަ ކުރެއެވެ.
އިނގިރޭސިވިލާތާއި ގެގް އޯޑަރ:
އިނގިރޭސިވިލާތަކީ ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމަށް ތާރީހީ ގޮތުން ނުފޫޒު ފޯރުވި ގައުމެކެވެ. އިނގިރޭސިވިލާތުގައި ގެގް އޯޑަރ ތަންފީޒު ކުރެވެނީ "ކޮންޓެމްޓް އޮފް ކޯޓް އެކްޓް 1981" ގެ ދަށުންނެވެ. އެގޮތުން ހިނގަމުންދާ ޝަރީއަތަކާ ގުޅޭ ގޮތުން ނޫސްތަކުގައި ނުވަތަ ކޯޓުގެ ބޭރުން ޝަރީއަތަށް ނުފޫޒު ފޯރުވިދާނެ ވާހަކަ ފަތުރައިފިނަމަ، ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި ފިޔަވަޅު އެޅޭ ގޮތަށް ގާނޫނު ހެދިފައިވެއެވެ. އިނގިރޭސިވިލާތުގައި ވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާބެހޭ ބަހުސްތަކުގައި ގެގް އޯޑަރގެ ފައިދާ އާއި ގެއްލުމުގެ މައްޗަށް ފުޅާދާއިރާއެއްގައި ދިރާސާ ކުރެވިފައިވެއެވެ.
ދިވެހިރާއްޖޭގައި ގެގް އޯޑަރ:
ގާނޫނީ ބިންގާ
ދިވެހިރާއްޖޭގައި ގެގް އޯޑަރ ތަންފީޒު ކުރެވެނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ޝަރީއަތާ ގުޅޭ ގާނޫނުތަކުގެ ދަށުންނެވެ. ގެގް އޯޑަރ ނެރުމުގެ ގާނޫނީ ހަމަތަކާ ގުޅިގެން ވަކީލުން ޝަރީއަތްތަކުގައި ހަވާލާ ދެއްވާ ހިސާބެއްގެ ގޮތުގައި ފާހަގަ ވަނީ ގާނޫނު އަސާސީގެ ހަވަނަ ބާބެވެ. ހަވަނަ ބާބަކީ އަދުލު އިންސާފު ގާއިމް ކުރުމުގެ ބާބެވެ.
ހާއްސަކޮށް، ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ރ.) ގައި ބަޔާން ކޮށްފައިވާ ކަންކަމަށް ވަކީލުން ހަވާލާ ދެއެވެ. ގެގް އޯޑަރ ނެރެން ޖެހޭ ސަބަބެއްގެ ގޮތުގައި ވަކީލުން ފާހަގަ ކުރަށްވަނީ، ޝަރީއަތް ހިނގަމުންދާ ދުވަސްވަރު ކޯޓުގެ ބޭރުން ދެކެވޭ ވާހަކަތަކަކީ 141 ވަނަ މާއްދާ ތަންފީޒު ކުރުމަށް ހުރަސް އެޅޭ ކަންކަން ކަމަށް ވެދާނެ ކަމެވެ. ވީމާ، ކޯޓަށް ހިދާޔަތް ދެވިފައިވާ ގޮތަށް ޝަރީއަތް ހިންގުމަށް ގެގް އޯޑަރ ނެރުން ލާޒިމް ވެދާނެ ކަމަށް ވަކީލުން ބަޔާން ކުރެއެވެ.
ގެގް އޯޑަރ ތަންފީޒުވާ ފަރާތްތައް:
ދިވެހިރާއްޖޭގައި ނެރޭ ގެގް އޯޑަރ ތަންފީޒުވާ ފަރާތްތަކުގެ ތެރޭގައި ތިރީގައި ބަޔާން ކޮށްފައިވާ ފަރާތްތައް ހިމެނެއެވެ:
ދެ ފަރާތުގެ ވަކީލުން: ޝަރީއަތް ހިނގަމުންދާ ދުވަސްވަރު، ދައުވާ ކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތުގެ ވަކީލުންނަށް ޝަރީއަތާ ގުޅޭ ވާހަކަ ކޯޓުގެ ބޭރުން ދެއްކުން ގެގް އޯޑަރުގެ ދަށުން މަނާ ވެއެވެ.
ހެކިވެރިން: ޝަރީއަތުގައި ހެކި ބަސް ދިނުމަށް ހާޒިރު ކުރެވޭ ހެކިވެރިންނަށް ވެސް ބައެއް ހާލަތްތަކުގައި ގެގް އޯޑަރ ތަންފީޒު ކުރެއެވެ.
ކޯޓު އޮފިސަރުން: ޝަރީއަތް ހިންގުމުގައި ބައިވެރިވާ ކޯޓު އޮފިސަރުންނާއި ކޯޓު ސްޓާފުންގެ މައްޗަށް ވެސް ގެގް އޯޑަރ ހިނގައެވެ.
ނޫސްވެރިންނާއި ހަބަރު ފަތުރާ ވަސީލަތްތައް: ޝަރީއަތަށް ވަދެ ތިބޭ ނޫސްވެރިންނާއި، ޝަރީއަތް ކަވަރު ކުރާ މީޑިއާ ފަރާތްތަކަށް ވެސް ގެގް އޯޑަރ ތަންފީޒުވެއެވެ.
ޝަރީއަތަށް ވަދެ ތިބޭ އާންމު ރައްޔިތުން: ޝަރީއަތް ހިނގާ ތަނުގައި ތިބޭ އާންމު ފަރާތްތަކަށް ވެސް ގެގް އޯޑަރ ތަންފީޒުވެއެވެ.
ގެގް އޯޑަރ ނެރުމުގެ ބޭނުން:
ދިވެހިރާއްޖޭގައި ގެގް އޯޑަރ ނެރެވެނީ ތިރީގައި ބަޔާން ކޮށްފައިވާ ބޭނުންތަކަށްޓަކައެވެ:
އެއްވަނަ: ޝަރީއަތުގެ ހަމަހަމަކަން ކަށަވަރު ކުރުމެވެ. ކޯޓުގެ ބޭރުން ދެކެވޭ ވާހަކަތަކަކީ ހެކިވެރިންނަށާއި ފަނޑިޔާރުންގެ ނިންމުންތަކަށް ނޭދެވޭ ގޮތުން ނުފޫޒު ފޯރުވިދާނެ ކަންކަން ކަމަށް ވާތީ، ޝަރީއަތުގެ ހަމަހަމަކަން ހިމާޔަތް ކުރުމަށް ގެގް އޯޑަރ ނެރެއެވެ.
ދެވަނަ: ޝަރީއަތުގެ ނިޒާމުގެ މުގައްދަސްކަން ހިފެހެއްޓުމެވެ. ފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅޭ ގޮތުން، ޝަރީއަތުގެ ބޭރުގައި ވާހަކަ ދައްކައި ގޮތް ކިޔައި ހެދުމަކީ ނިޒާމުގެ މުގައްދަސްކަން ހިފެހެއްޓުމަށް ހުރަސް އެޅޭ ކަމަކަށް ވެދާނެ ކަމަށް ބެލެއެވެ.
ތިންވަނަ: ދައުވާ ލިބޭ ފަރާތުގެ ހައްގުތައް ހިމާޔަތް ކުރުމެވެ. ގާނޫނު އަސާސީ ކަށަވަރު ކޮށްދޭ ހައްގުތަކުގެ ތެރޭގައި ހިމެނޭ، ކުށެއް ސާބިތު ނުވާ ހިނދަކު ބަރީއަ ކަމަށް ބެލުމުގެ ހައްގު ހިމާޔަތް ކުރުމަށް ގެގް އޯޑަރ ބޭނުން ކުރެއެވެ.
ހަތަރުވަނަ: ނަމާއި އަބުރު ރައްކާތެރި ކުރުމެވެ. ދައުވާ ލިބޭ ފަރާތުގެ ނަމާއި އަބުރަށް ގެއްލުން ވެދާނެ ފަދަ ވާހަކަތައް ޝަރީއަތް ހިނގަމުންދާ ދުވަސްވަރު ފެތުރިގެން ދިޔުން ހުއްޓުވުމަށް ވެސް ގެގް އޯޑަރ ބޭނުން ކުރެއެވެ.
ގެގް އޯޑަރ ތަންފީޒު ކުރެވޭ ގޮތް:
ދިވެހިރާއްޖޭގައި ގެގް އޯޑަރ ތަންފީޒު ކުރެވޭ ގޮތް:
ފުރަތަމަ މަރުހަލާ: ޝަރީއަތް ހިންގާ ކޯޓުން، ގެގް އޯޑަރ ނެރުމަށް ހުށަހެޅުން ލިބި، ނުވަތަ ކޯޓުގެ އިސް ނެގުމުގެ މަތިން، ގެގް އޯޑަރ ނެރެންޖެހޭ ކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، ގެގް އޯޑަރ ނެރެއެވެ.
ދެވަނަ މަރުހަލާ: ގެގް އޯޑަރ ނެރުމަށް ފަހު، ޝަރީއަތާ ގުޅޭ ގޮތުން ޝަރީއަތުގެ ބޭރުން ވާހަކަ ދެއްކުން، ގެގް އޯޑަރ ތަންފީޒުވާ ހުރިހާ ފަރާތްތަކަށް މަނާވެއެވެ.
ތިންވަނަ މަރުހަލާ: ގެގް އޯޑަރ ތަންފީޒު ވާ ފަރާތްތަކުން ގެގް އޯޑަރ ތަންފީޒު ނުކޮށް، ޝަރީއަތާ ގުޅޭ ވާހަކަ ދައްކައިފި ނަމަ، ކޯޓުގެ ހުރުމަތް ކެނޑުމުގެ ދަށުން ފިޔަވަޅު އެޅިދާނެއެވެ.
ހަތަރުވަނަ މަރުހަލާ: ގެގް އޯޑަރ ހިނގާ ދުވަސްވަރު މެދުވެރިވާ ކަންތަކަށް ބިނާކޮށް، ގެގް އޯޑަރ ދެމި އޮންނަ މުއްދަތު ކޯޓުން ކަނޑައަޅައެވެ. ގިނަ ހާލަތްތަކުގައި ގެގް އޯޑަރ ދެމިއޮންނަނީ ޝަރީއަތް ނިމެންދެނެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ޝަރީއަތް ނިމުމަށް ފަހުވެސް ގެގް އޯޑަރ ދެމި އޮވެދާނެއެވެ.
ގެގް އޯޑަރ އާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން:
ގެގް އޯޑަރ ތަންފީޒު ކުރެވޭ ތަންތަނުގައި، ގެގް އޯޑަރާއި ގުޅިގެން ގިނަ ފަހަރު ބަހުސް ކުރެވޭ ކަމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ގެގް އޯޑަރ ފުށުނާރާކަން ކަށަވަރު ކުރުމެވެ. ދިވެހިރާއްޖޭގެ ގާނޫނު އަސާސީވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރު ކޮށްދެއެވެ. ވީމާ، ގެގް އޯޑަރ ނެރޭ ހިނދު، ހިޔާލު ފާޅުކުރުމުގެ ހައްގާ ގެގް އޯޑަރ ފުށުނާރާ ގޮތަށް ބެލެހެއްޓުމަކީ ކޯޓުތަކަށް ލާޒިމް ކަމެކެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ގެގް އޯޑަރ ފުށުނޭރުވުމަށްޓަކައި، ގެގް އޯޑަރ ނެރޭ ހިނދު ކޯޓުތަކުން ބަލަނީ ތިރީގައި ބަޔާން ކޮށްފައިވާ ކަންކަމަށެވެ:
އެއްވަނަ: ގެގް އޯޑަރ ހިނގާ ދާއިރާ ވީހާ ވެސް ހަނިކޮށް ކަނޑައެޅުމެވެ. ޝަރީއަތާ ސީދާ ގުޅުން ހުރި ވާހަކަތަކަށް ހިފެހެއްޓުން ގެނައުމެވެ.
ދެވަނަ: ގެގް އޯޑަރ ތަންފީޒު ވާ ފަރާތްތައް ސާފުކޮށް ބަޔާން ކުރުމެވެ. ހުރިހާ ފަރާތްތަކަށް ހިނގާ ގޮތަށް ގެގް އޯޑަރ ނެރުމުގެ ބަދަލުގައި، ވަކި ފަރާތްތަކެއްގެ މައްޗަށް ހިނގާ ގޮތަށް ނެރުމެވެ.
ތިންވަނަ: ގެގް އޯޑަރ ދެމި އޮންނަ މުއްދަތު ކަނޑައެޅުމެވެ. ޝަރީއަތް ނިމުމާ ހަމައަށް ގެގް އޯޑަރ ހިފެހެއްޓުމެވެ.
ގެގް އޯޑަރަށް ޢަމަލު ނުކޮށްފިނަމަ:
ގެގް އޯޑަރަށް ޢަމަލުކުރަން ލާޒިމްވާ ފަރާތަކުން ގެގް އޯޑަރަށް ޢަމަލުނުކޮށް، ޝަރީއަތާ ގުޅޭ ވާހަކަ ދައްކައިފިނަމަ، ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއިން ތިރީގައި ބަޔާން ކޮށްފައިވާ ފިޔަވަޅުތައް އެޅިދާނެއެވެ:
ކޯޓުގެ ހުރުމަތް ކެނޑުމުގެ ދައުވާ: ގެގް އޯޑަރަށް ޢަމަލު ނުކޮށްފިނަމަ، ކޯޓުގެ ހުރުމަތް ކެނޑުމުގެ ދަށުން ދައުވާ ކުރެވިދާނެއެވެ. ކޯޓުގެ ހުރުމަތް ކެނޑުމަކީ ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅޭ ކަމެކެވެ.
ޖޫރިމަނާ: ގެގް އޯޑަރަށް ޢަމަލުނުކުރި ފަރާތްތަކުގެ މައްޗަށް ކޯޓުން ޖޫރިމަނާ ކަނޑައެޅިދާނެއެވެ.
ޝަރީއަތަށް ހާޒިރު ކުރުން: ގެގް އޯޑަރަށް ޢަމަލުނުކޮށްފިނަމަ، ކޯޓަށް ހާޒިރުވެ ޖަވާބުދާރީވުމަށް އެންގުމުގެ ބާރު ކޯޓަށް ލިބެއެވެ.
ގާނޫނީ ފިޔަވަޅު: ހާލަތަށް ބިނާކޮށް، ގެގް އޯޑަރަށް ޢަމަލުނުކުރި ފަރާތްތަކާ ދެކޮޅަށް އިތުރު ގާނޫނީ ފިޔަވަޅު ވެސް އެޅިދާނެއެވެ.
ނިންމުން:
ގެގް އޯޑަރ، ނުވަތަ ހިމޭންކަމުގެ އަމުރަކީ، ޝަރީއަތުގެ ހަމަހަމަކަން ކަށަވަރުކޮށް، ދައުވާ ލިބޭ ފަރާތުގެ ހައްގުތައް ހިމާޔަތްކޮށް، ޝަރީއަތުގެ ނިޒާމުގެ މުސްތަގިއްލުކަން ހިފެހެއްޓުމަށް ކޯޓުތަކުން ބޭނުންކުރާ މުހިންމު ގާނޫނީ ބާރެކެވެ. ދިވެހިރާއްޖެ ހިމެނޭ ގޮތަށް ދުނިޔޭގެ ގިނަ ޑިމޮކްރެޓިކް ގައުމުތަކުގައި ބޭނުންކުރާ މި ގާނޫނީ އުސޫލަކީ، ޝަރީއަތަށް ހިދާޔަތް ދެވިފައިވާ ގޮތަށް ޝަރީއަތް ހިންގުމަށް ކޯޓުތަކަށް ލިބިދޭ ބާރެކެވެ. ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ކަށަވަރު ކޮށްދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ، ގެގް އޯޑަރ ފުށުނޭރުވުމަށްޓަކައި، ގެގް އޯޑަރ ނެރޭ ހިނދު ކޯޓުތަކުން ވަރަށް ބޮޑަށް ސަމާލުކަން ދެއެވެ. ގެގް އޯޑަރ ހިނގާ ދާއިރާ ހަނިކޮށް، ތަންފީޒުވާ ފަރާތްތައް ސާފުކޮށް ބަޔާންކޮށް، ހިނގާ މުއްދަތު ކަނޑައަޅައިގެން ގެގް އޯޑަރ ނެރުމަކީ، ހިޔާލު ފާޅުކުރުމުގެ ހައްގާއި ގެގް އޯޑަރާއި ދެމެދު ހިފެހެއްޓިފައިވާ ހަމަހަމަ ނިސްބަތް ދެމެހެއްޓުމަށް ކޯޓުތަކުން ގެންގުޅޭ ރިވެތި ހަމަތަކެކެވެ.
މި ރިޕޯޓް ތައްޔާރު ކުރެވިފައިވަނީ ގެގް އޯޑަރާއި ގުޅޭ ގޮތުން ދިވެހި ރައްޔިތުންގެ ހޭލުންތެރިކަން އިތުރު ކުރުމުގެ ބޭނުމުގައެވެ.
ރިފަރެންސް:
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ، 2008
ޝެޕާޑް ވ. މެކްސްވެލް، 384 ޔޫ.އެސް. 333 (1966)
ކޮންޓެމްޓް އޮފް ކޯޓް އެކްޓް 1981، އިނގިރޭސިވިލާތް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތައް
ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގެ ރަސްމީ ލިޔެކިޔުންތައް

ކިޔުންތެރިންގެ ހިޔާލު