މި ސަރުކާރުން ފެށި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫޢަށް އާންމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެމުންދާކަން ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ، ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާއިރު، މިހާތަނަށް 20،000 ފޯމު ފުރިހަމަކޮށް ހުށަހަޅާފައިވާ ކަމަށެވެ.
މީގެ އިތުރުން ޑްރާފްޓް މަރުހަލާގައި ނުވަތަ ފުރަމުންދާ 17،000 ފޯމު ހިމެނޭހެން ޖުމްލަ 37،000 އެޕްލިކޭޝަން ސިސްޓަމުގައި އެބަހުރި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގައި ފޯމު ހުށަހެޅޭނީ ދެމަފިރިންގެ ތެރެއިން އެއްވެސް ފަރާތެއްގެ ނަމުގައި ބޯހިޔާވަހިކަމެއް ނުވަތަ ބިމެއް ނެތް މީހުންނަށް ކަމަށްވާއިރު، މިހާ ގިނަ އަދަދެއްގެ ފޯމު ލިބުމަކީ ރާއްޖޭގައި ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ މިންވަރު ހާމަވާ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢަކީ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު