ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޖުތަމައަށް ފައިދާހުރި ދެމެހެއްޓެނިވި މަޝްރޫއުތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ 'ބޭންކް ފަންޑު' އަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މިއީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާ ޖަމާއަތްތަކަށް އަމާޒުކޮށް، މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތްކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ބޭންކުން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ފަންޑުގެ ދަށުން ކޮންމެ އަހަރަކުވެސް ތަޢުލީމު، ތިމާވެށި، ކުޅިވަރު އަދި މުޖުތަމައަށް ފައިދާހުރި ދާއިރާތަކުން ހޮވާލެވޭ 5 މަޝްރޫއަކަށް، ކޮންމެ މަޝްރޫއަކަށް 200,000 ރުފިޔާގެ އެހީތެރިކަން ބޭންކުން ފޯރުކޮށްދެއެވެ.
މިކަމާ ގުޅޭގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ދެމެހެއްޓެނިވި ކުރިއެރުމެއް ހާސިލުކުރެވޭނީ މުޖުތަމައުގެ ބިންގަލުން ފެށިގެން ކުރެވޭ މަސައްކަތްތަކުން ކަމަށް ބޭންކުން އަބަދުވެސް ގަބޫލުކުރާ ކަމަށެވެ.
"ބޭންކް ފަންޑު އަކީ ރަށްރަށުގެ ޖަމިއްޔާ ޖަމާއަތްތަކުން ގެންގުޅޭ އުފެއްދުންތެރި ހިޔާލުތައް، މުޖުތަމައަށް ފައިދާކުރަނިވި ކަންކަމަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމަށް އަޅުގަނޑުމެން ދޭ އިސްކަން ހާމަކޮށްދޭ ރަމްޒެއް. މި ފަންޑުގެ އެހީގައި މިހާތަނަށް މުޖުތަމައަށް ލިބިފައިވާ ހެޔޮ ބަދަލުތަކާ މެދު އަޅުގަނޑުމެން ފަޚުރުވެރިވަން،" ޝަރީފް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ބޭންކުގެ އުއްމީދަކީ 2026 ވަނަ އަހަރުވެސް މުޖުތަމައަށް ނަފާލިބޭނެ ދެމެހެއްޓެނިވި އިތުރު މަޝްރޫއުތަކަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މިއީ ބޭންކް ފަންޑު ހިންގަމުންދާ ތިންވަނަ އަހަރެވެ. މި ފަންޑު ތައާރަފުކުރި ފަހުން މިހާތަނަށް ޖުމްލަ 9 ޖަމިއްޔާއަކަށް ބޭންކުން ވަނީ އެކި މަޝްރޫއުތައް ހިންގުމަށް މާލީ އެހީތެރިކަން ދީފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ޖަމިއްޔާތައް ބާރުވެރިކޮށް، ގައުމީ ކުރިއެރުމުގައި ބައިވެރިކުރުވުމަށް ބޭންކުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ.
މި ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާ، ޖަމާއަތްތަކާއި ކްލަބްތަކަށް މިހާރު ވަނީ ހުޅުވާލެވިފައެވެ. ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް އީމެއިލް ކުރެވޭނެއެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 14 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތާއި، އުސޫލުތައް އަދި އެޕްލިކޭޝަން ފޯމު ބޭންކުގެ ވެބްސައިޓް އިން ލިބެން ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު