މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް، ސިޔާސީ ބޭފުޅުންގެ ޒާތީ ކަންކަމާއި ދައުލަތުގެ މަސްލަހަތާ ހުރި ގުޅުމާ މެދު ވަރުގަދަ ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މީކާއީލް ވިދާޅުވީ، ސިޔާސީ ބޭފުޅުންގެ އަމަލުތައް ކިތަންމެ ޒާތީ ކަމެއްގެ ގޮތުގައި ބެލެވުނު ކަމުގައި ވިޔަސް، އެ ކަންކަމަކީ ދައުލަތުގެ ވަސީލަތްތަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހިންގާ ކަންކަމަށް ވާނަމަ، އެއީ ރައްޔިތުންގެ ސުވާލުތަކާއި ފާޑުކިޔުން އަމާޒުވާންޖެހޭނެ ކަންކަން ކަމަށެވެ.
އޭނާ އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ދައުލަތުގެ ފައިސާ އާއި ވަސީލަތްތައް ބޭނުންކޮށްގެން ކުރާ އެއްވެސް ކަމަކީ "ޕްރައިވެޓް" ނުވަތަ ޒާތީ ކަމެއްގެ ގޮތުގައި ބަލައިގެން ހަނު ހުރެވޭނެ ކަންކަމެއް ނޫނެވެ. އަދި އެފަދަ ކަންކަމާ ރައްޔިތުން "ބެހޭނެ" ކަމަށާއި، އެއީ ރައްޔިތުންގެ ހައްގެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ފޯރި ގަދަވަމުންދާ މި ދަނޑިވަޅުގައި، މީކާއީލް މިވަނީ ދައުލަތުގެ ޖަވާބުދާރީކުރުވުމާއި ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅުއްވާނެ ހަރުދަނާ ސިޔާސަތުތަކުގެ ކުލަވަރު ދައްކަވާލައްވާފައެވެ.

ސިޔާސީ ބޭފުޅުންގެ އަމަލުތައް ޒާތީކަންކަމުގެ ގޮތުގައި ފެނުނު ކަމުގައިވިޔަސް، އެފަދަ ޒާތީ ކަންކަން ހިންގަނީ ދައުލަތުގެ ވަސީލަތްތަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކަމަށް ވަނީ ނަމަ، އެއީ ރައްޔިތުންގެ ފާޑުކިޔުމާއި ސުވާލުތައް އަމާޒުވާންޖެހޭނެ ކަންކަމެކެވެ. އެކަންކަމާއި ބެހެވޭނެއެވެ.…
— Meekail Naseem (@MickailNaseem) May 13, 2026
އޭނާ އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ދައުލަތުގެ ފައިސާ އާއި ވަސީލަތްތައް ބޭނުންކޮށްގެން ކުރާ އެއްވެސް ކަމަކީ "ޕްރައިވެޓް" ނުވަތަ ޒާތީ ކަމެއްގެ ގޮތުގައި ބަލައިގެން ހަނު ހުރެވޭނެ ކަންކަމެއް ނޫނެވެ. އަދި އެފަދަ ކަންކަމާ ރައްޔިތުން "ބެހޭނެ" ކަމަށާއި، އެއީ ރައްޔިތުންގެ ހައްގެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ފޯރި ގަދަވަމުންދާ މި ދަނޑިވަޅުގައި، މީކާއީލް މިވަނީ ދައުލަތުގެ ޖަވާބުދާރީކުރުވުމާއި ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅުއްވާނެ ހަރުދަނާ ސިޔާސަތުތަކުގެ ކުލަވަރު ދައްކަވާލައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު