މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ވުމަށްފަހު، ސަރުކާރު ހިންގާ ޕީއެންސީއާ ގުޅުނު މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުގެ މަސައްކަތް ފަށައިފިއެވެ.
މިކަން ހާމަކުރަށްވާފައިވަނީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީލު އަލީ ހުސައިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އަލީ ހުސައިން ވިދާޅުވީ، މި ވަގުތު ރައްޔިތުންގެ މަޖިލީހުގައި ގޮނޑި ގެއްލިފައިވާ ހައެއްކަ މެންބަރުން އެބަތިބި ކަމަށާއި، އެ މީހުންގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
ހަމައެއާއެކު އަލީ ހުސައިން ވިދާޅުވީ، މި މައްސަލަ ހުށަހަޅަނީ އަމިއްލަ ގޮތުން ނުވަތަ މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި އިންތިޚާބުވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ ކުރުމުގެ ކުރިން ނުވަތަ ފަހުން ޕީއެންސީއަށް ސޮއިކުރި މެންބަރުންނާ ގުޅޭގޮތުން ކަމަށެވެ.
އަލީ ހުސައިން މިފަދަ މަސައްކަތެއް ފަށްޓަވާފައި މިވަނީ، ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ސައްހަ ކަމަށް ސުޕްރީމް ކޯޓުން ދާދި ފަހުން ކަނޑައަޅާފައިވާ ދަނޑިވަޅެއްގައެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކޮށް ގޮނޑި ކާމިޔާބު ކުރި މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން ވަނީ މަޖިލިސް ފެށުމުގެ ކުރިންނާއި ފަހުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.

މި ވަގުތު ރައްޔިތުންގެ މަޖިލީހުގައި ގޮނޑި ގެއްލިގައިވާ ހައެއްކަ މެންބަރުން އެބަތިބި. އެ މީހުންގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުމުގެ މަސައްކަތް ފަށައިފިން. އެ މީހުންނަކީ މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި އިންތިޚާބުވުމަށްފަހު ޕީއެންސީ އަށް ސޮއި ކުރި މެންބަރުން.
— Ali Hussain (@AleeVoice) May 13, 2026
އަލީ ހުސައިން މިފަދަ މަސައްކަތެއް ފަށްޓަވާފައި މިވަނީ، ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ސައްހަ ކަމަށް ސުޕްރީމް ކޯޓުން ދާދި ފަހުން ކަނޑައަޅާފައިވާ ދަނޑިވަޅެއްގައެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކޮށް ގޮނޑި ކާމިޔާބު ކުރި މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން ވަނީ މަޖިލިސް ފެށުމުގެ ކުރިންނާއި ފަހުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ހިޔާލު