ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެސްއެމްއީ ޑިޖިޓަލްގެ އައު ބްރޭންޑް ކެމްޕެއިން "އެސްއެމްއީ 360" މިއަދު ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.
މި ކެމްޕެއިން އިފްތިތާހުކޮށްފައިވަނީ އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ "އައްޑޫ ބިޒްނަސް ޑައިލޮގް ފޯރަމް" ގެ ތެރެއިންނެވެ. މި ކެމްޕެއިން އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދެވެ.
"އެސްއެމްއީ 360" ކެމްޕެއިނަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އިތުރު ހަރުފަތަކަށް ގެންދިޔުމަށްޓަކައި، އެސްއެމްއީ ޑިޖިޓަލް އިން ފޯރުކޮށްދޭ މާލީ ހައްލުތަކާއި އެ ތަނުން އަދާކުރާ
ދައުރަށް އާންމުންނާއި ވިޔަފާރިވެރިން ހޭލުންތެރިކުރުވުމުގެ މަގްސަދުގައި ފެށި ކެމްޕެއިނެކެވެ. މި ކެމްޕެއިންގެ ސަބަބުން ކުދި ވިޔަފާރިތަކާއި މުޖުތަމައުއާ އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ރާއްޖޭގެ އިގްތިސާދުގައި ކުދި ވިޔަފާރިތަކުގެ ދައުރު ފުޅާވެގެންދާނެ ކަމަށް އެސްއެމްއީ ޑިޖިޓަލް އިން ބުނެއެވެ.
މި ކެމްޕެއިންގެ ދަށުން ތަފާތު ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ. އެގޮތުން ރާއްޖޭގެ އެކި އަތޮޅުތަކަށް ދަތުރުކޮށް، އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ހާއްސަ މަސައްކަތު ބައްދަލުވުންތައް ނުވަތަ ވޯކްޝޮޕްތައް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ބައްދަލުވުންތަކުގެ ޒަރީއާއިން ވިޔަފާރިވެރިންނަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ފޯރުކޮށްދީ، ވިޔަފާރީގެ ދާއިރާއަށް އަހުލުވެރިކުރުވުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ އިތުރުން، ކުދި ވިޔަފާރިވެރިންގެ ތަޖުރިބާތައް ހިއްސާކުރުމަށް ހާއްސަ ޕޮޑްކާސްޓް ސިލްސިލާއެއް ވެސް މި ކެމްޕެއިންގެ ދަށުން ކުރިއަށް ގެންދާނެއެވެ.
މި ކެމްޕެއިން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، "އެސްއެމްއީ 360" އަކީ ކުދި ވިޔަފާރިތަކަށް ބޭނުންވާ ހުރިހާ ހިދުމަތެއް އެއްތަނަކުން ފޯރުކޮށްދިނުމަށް ގެންގުޅޭ ތަސައްވުރުގެ ރަމްޒެއް ކަމަށެވެ. އަދި އައްޑޫ ސިޓީގައި މި ކެމްޕެއިން ފެށުމަކީ ލިބުނު ފަހުރެއް ކަމަށާއި، މިހާތަނަށް އައްޑޫގެ 134 ކުދި ވިޔަފާރިއަކަށް 144 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ފައިނޭންސިންގ ފޯރުކޮށްދީފައިވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިކޮނޮމިކް މިނިސްޓްރީއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން އައްޑޫ ސިޓީގައި ކުރިއަށްގެންދާ މި ފޯރަމްގައި އެސްއެމްއީ ޑިޖިޓަލް އިން ބައިވެރިވެ، ކުދި ވިޔަފާރިތަކުގެ ކުރިއެރުމާ ގުޅޭ މުހިންމު މަޝްވަރާތައް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު