ކުރީގެ ތިން ރައީސުންގެ ބައްދަލުވުމާއި ސަރުކާރަށް ކުރިމަތިވާނެ ސިޔާސީ "ޒަލްޒަލާ"ރާއްޖޭގެ ސިޔާސީ މަޝްރަޙު މިވަނީ ނުހަނު ބޮޑަށް ހޫނުވެފައެވެ. ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުޙައްމަދު ނަޝީދު، ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެކުގައި މަސައްކަތް ކުރެއްވުމަށް ނިންމަވައި، ބާއްވާ ބައްދަލުވުމަކީ ރާއްޖޭގެ ފަހުގެ ތާރީޚުގައި ފެނިގެންދާނެ އެންމެ ވަރުގަދަ ސިޔާސީ ހަރަކާތަށް ވެގެންދާނެއެވެ. މިބައްދަލުވުމުގެ ތަފްސީލާއި މަޤްޞަދު ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާޢުގައި ބާއްވާ މި ބައްދަލުވުން ތާވަލުކޮށްފައިވަނީ ހުކުރު ދުވަހުގެ ރޭ އަށެއް ޖަހާއިރަށެވެ. މިއީ މި ތިން ބޭފުޅުން މިފަދަ ގޮތަކަށް ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ. ބައްދަލުވުމަށްފަހު ތިން ރައީސުން ނޫސްވެރިންނާ ބައްދަލުކުރައްވައި، މަޝްވަރާ ކުރެވުނު ކަންކަމުގެ ތަފްސީލު ހިއްސާކުރައްވާނެއެވެ.
މި ބައްދަލުވުމުގެ ޚަބަރާއެކު ރައީސް މުޢިއްޒުއާއެކު ސަރުކާރު ހިންގާ ޕީއެންސީގެ ލީޑަރޝިޕުން ވަނީ ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ. ރޭ ބޭއްވި ޖަލްސާގައި ރައީސް މުޢިއްޒާއި މަޖިލީހުގެ ރައީސް އަބުދުއްރަޙީމާއި ޕީޖީ ލީޑަރު އިބްރާހިމް ފަލާޙު އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުކުރީ ކުރީގެ ތިން ރައީސުންނެެވެ. އެގޮތުން ރައީސް ޑރ. މުޢިއްޒު ވަނީ މި ތިން ރައީސުންނަކީ އެކަކު އަނެކަކުގެ ބުރަކައްޓަށް ވަޅިޖަހާފައި ތިބި ބަޔަކު "ގައުމޭ" ކިޔައިގެން ނުކުންނައިރު އެއީ "ފެއިލިއަރުން" ކަމަށް ސިފަ ކުރަށްވާފައެވެ. އަދި ކުރީގެ ވެރިކަންތަކުގައި އޮތީ އަނިޔާވެރިކަމާއި ކޮރަޕްޝަން ކަމަށް ރައީސް ވިދާޅުވިއެވެ.
"އެކަކު އަނެކަކުގެ ކަރުގައި ހިފައި، އެކަކު އަނެކަކުގެ ބުރަކައްޓަށް ވަޅި ޖަހާފައި ތިބި ފަރާތްތަކެއް އެއްވެގެން ގައުމޭ ކިޔާފައި ވާހަކަ ދައްކާއިރު ހުސް ފެއިލިއަރުން މި ތިބީ. ހުސް ފޭލިއަރުން ނުކުމެ ގައުމުގެ ވާހަކަ ދެއްކީމަ އަޅުގަނޑު ހިތުން އަޅުގަނޑުމެން ޒުވާން ކުދިން މިކަން އެނަލައިޒް ކޮށްލާއިރު ދޭ ވިލް ބީ ވެރީ ހަމަ ޑިޕްރެސްޑް،" ކުރީގެ ރައީސުންގެ ނަން ވިދާޅުނުވެ ރައީސް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވީ މި ބޭފުޅުން އެކަކު އަނެކަކަށް އިތުބާރު ނުކުރައްވާނެ ކަމަށާއި، މިއީ ހަމައެކަނި ވަގުތީ މަންފާއަކަށް ކުރާ ކަމެއް ކަމަށް ވިދާޅުވިއެވެ.
ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙް ވިދާޅުވީ ތިން ބޭފުޅުން އެއް ކޮޓަރިއެއްގައި ނިދިޔަސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެ، ރައީސް ޔާމީން ފިތުނަ އުފައްދަން މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރެއްވިއެވެ.
ކުރީގެ ތިން ރައީސުން އެއްގަލަކަށް އެރުމަކީ ސަރުކާރަށް އެކި ގޮތްގޮތުން ޕްރެޝަރު ބޮޑުވާނެ ކަމެކެވެ. ރާއްޖޭގެ ބޮޑެތި ސިޔާސީ ޕާޓީތަކުގެ ތާއީދު އޮތް ތިން ބޭފުޅުން އެކުވުމުން، ސަރުކާރުގެ ސިޔާސަތުތަކަށް އޮންނަ ތާއީދަށް އަސަރުކުރާނެއެވެ.އަދި ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި ފަށާ މި ހަރަކާތް ބޮޑު އިހުތިޖާޖަކަށް ބަދަލުވެ، ސަރުކާރުގެ ހިންގުމަށް ހުރަސް އެޅިދާނެއެވެ. ކުރީގެ ތިން ރައީސުން ފަދަ ބޭފުޅުންގެ ބައިނަލްއަޤްވާމީ ގުޅުންތަކުގެ ސަބަބުން، ރާއްޖޭގެ މިހާރުގެ ޙާލަތާ މެދު ބޭރުގެ ޤައުމުތަކުގެ ސަމާލުކަން ލިބި، ސަރުކާރަށް ޑިޕްލޮމެޓިކް ޕްރެޝަރު ކުރިމަތިވާނެއެވެ.މި ބައްދަލުވުމަކީ ސިޔާސީ ގޮތުން އަންނާނެ "ޒަލްޒަލާ" އެއްގެ ގޮތުގައި ބެލެވެއެވެ. މީގެ ކުރިން ދެކޮޅުވެރިކޮށް ތިއްބެވި ލީޑަރުން އެކުވުމަކީ ސަރުކާރާ ދެކޮޅަށް އާ "ގްރޭންޑް އެލަޔަންސް" އެއް އުފެދުމުގެ ފުރުޞަތު އޮތް ކަމެކެވެ.
ރައީސް މުޢިއްޒު ވިދާޅުވި ފަދައިން، ކުރީގެ ދެކޮޅުވެރިން އެކުވުމުން ޒުވާނުންގެ މެދުގައި ސިޔާސީ އޮޅުންބޮޅުންތަކެއް އުފެދި، ސިޔާސީ މަޝްރަޙަށް އޮންނަ އިތުބާރު ބަދަލުވެދާނެއެވެ. "ޒިންމާދާރު އިދިކޮޅު ބަޔަކު ނެތް" ކަމަށް ސަރުކާރުން ބުނާ ބުނުމަށް މި ބައްދަލުވުމުން ޖަވާބެއް ލިބި، އިދިކޮޅު ހަރަކާތްތަކަށް އާ ދިރުމެއް ލިބިގެންދާނެއެވެ.ކުރީގެ ތިން ރައީސުންގެ ބައްދަލުވުމަކީ ހަމައެކަނި ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކައެއް ނޫނެވެ. މިއީ ރާއްޖޭގެ ސިޔާސީ ޗާޓު އަލުން ކުރަހާލެވޭނެ، އަދި މިހާރުގެ ސަރުކާރަށް ކުރިމަތިވާނެ އެންމެ ބޮޑު އިމްތިޙާނެވެ. ސަރުކާރުން މިކަމަށް ދޭ ރައްދުން އެނގެނީ، މި ބައްދަލުވުމުގެ ސަބަބުން ސަރުކާރުގެ ތެރޭގައި ކަންބޮޑުވުންތަކެއް ހުރި ކަމެވެ. ހަމަ ގައިމު ވެސް މި ބައްދަލުވުމާއެކު ސަރުކާރު ބިރުން ސިއްސައިގެން އެތެރެކޮއިލަށް ލޮޅުން އަރައިފިއެވެ. އެކަން ރޭގެ ޖަލްސާއިން އެކަނިވެސް ވަރަށް ރަނގަޅަށް އެނގި ހާމަވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު