ތައިވާން އަދި ބައިނަލްއަޤުވާމީ މަސްރަހުގައި އުފެދިފައިވާ ނުތަނަވަސްކަމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަވައިފިއެވެ. ޓްރަމްޕު ޗައިނާއަށް ކުރައްވަމުންގެންދަވާ މިދަތުރުފުޅަކީ 2017 ވަނަ އަހަރު ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ކުރެއްވި ޒިޔާރަތަށްފަހު، އެމެރިކާގެ ރައީސަކު ޗައިނާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ބެއިޖިންގް ގައި ކުރިއަށްގެންދެވި މަޝްވަރާގެ މި ބައްދަލުވުމަކީ ތާވަލުކުރެވުނު ވަގުތަށްވުރެ ދިގުދެމިގެންދިޔަ މި ބައްދަލުވުމެކެވެ.
ދުނިޔޭގެ އެންމެ ބޮޑު ދެ އިޤުތިސާދުގެ މެދުގައި ކުރިއަށްގެންދެވުނު މި ބައްދަލުވުމަށްފަހު ޓްރަމްޕް ވިދާޅުވީ މަޝްވަރާތައް ވަރަށް "ކާމިޔާބު" ކަމަށެވެ. ނަމަވެސް، މިމަޝްވަރާތަކުން ބާރުގަދަ މިދެގައުމުގެ ދެމެދުގައި އުފެދިފައިވާ ހައްސާސީ މައްސަލަތަކުގައި ބޮޑު ކުރިއެރުމެއް ލިބިފައިވާކަން ދެފަރާތުންކުރެ ފަރާތެއްގެ ރަސްމީ އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.
މި ބައްދަލުވުން ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައި އޮތީ މާރިޗު މަހުގައެވެ. ނަމަވެސް، އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން އަސްކަރީ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ނުތަނަވަސްކަން އިތުރުވެ، ޑިޕްލޮމެޓިކް އިސްކަންދޭ ކަންކަން ބަދަލުވުމުގެ ސަބަބުން މި ދަތުރުފުޅު ފަސްކުރެވުނީއެވެ.
އިސްކަންދެނީ ވިޔަފާރިއާއި ޓެކްނޮލޮޖީއަށް
ބެއިޖިންގްގައި ބޭއްވުނު މި މަޝްވަރާތަކުގެ މައިގަނޑު އަމާޒަކީ ވޮޝިންގްޓަނާއި ބެއިޖިންގްއާ ދެމެދު އުފެދިފައިވާ އިޤުތިސާދީ ނުތަނަވަސްކަމެވެ. ޗައިނާގެ މާރުކޭޓަކީ އެމެރިކާގެ ކުންފުނިތަކަށް ވަނުމަށް ގޮންޖެހުންތައް ހުރި ތަނެއް ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާއިރު، ޗައިނާގެ އިޤުތިސާދު އިތުރަށް ހުޅުވާލުމަށް، ހާއްސަކޮށް އެމެރިކާގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކަށް ފުރުސަތު ދިނުމަށް ޝީގެ އަރިހުން އެދިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އެމެރިކާގެ އުފެއްދުންތައް ކަމަށްވާ ސޯޔާބީން، މަތިންދާބޯޓުގެ ބައިތައް އަދި ދަނޑުވެރިކަމުގެ ބާވަތްތައް ޗައިނާއިން ގަންނަ މިންވަރު އިތުރުކުރުމަށާއި، ޗައިނާގައި ހިންގާ އެމެރިކާގެ ވިޔަފާރިތަކަށް ފުރިހަމަ ރައްކާތެރިކަން ހޯދައިދިނުމަށް ރައީސް ޓްރަމްޕް ބާރުއަޅުއްވާނެ ކަމަށް ބެލެވެއެވެ.
ހަމައެއާއެކު، 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ދެ ޤައުމުގެ ދެމެދުގައި އެއްބަސްވި ވިޔަފާރީގެ ވަގުތީ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް ޗައިނާއިން ބޭނުންވެއެވެ. އަދި ޗައިނާގެ ވިޔަފާރި އުސޫލުތަކާ ގުޅޭގޮތުން އެމެރިކާއިން ފަށާފައިވާ ތަހުޤީގުތައް ހުއްޓާލުމަށްވެސް ޗައިނާގެ އޮފިޝަލުން ބާރުއަޅުއްވަމުން ގެންދަވައެވެ.
ނުތަނަވަސްކަން ހުރި ނަމަވެސް، ޗައިނާގެ ދައުލަތުގެ މީޑިއާއިން މި ބައްދަލުވުން ސިފަކޮށްފައިވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ރަނގަޅުކޮށް، ދުނިޔޭގެ މަސްރަހަށް ހަމަޖެހުން ގެނައުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު އެންމެ ނާޒުކު އެއް މައްސަލައަކީ ތައިވާނުގެ މައްސަލައެވެ. ޗައިނާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދެ ޤައުމުގެ ގުޅުމުގައި އޮތް އެންމެ މުހިންމު މައްސަލައަކީ ތައިވާން ކަމަށާއި، އެކަމުގައި ގޯސް ފިޔަވަޅެއް އެޅިއްޖެނަމަ ކުރިމަތިލުންތަކަކަށް މަގުފަހިވެ، މުޅި ގުޅުން ހީނަރުވެދާނެ ކަމުގެ އިންޒާރު ޝީ ޖިންޕިންގް ދެއްވިއެވެ.
އަދި ތައިވާނުގެ މިނިވަންކަމާ ގުޅޭގޮތުން އެމެރިކާއިން "ނުހަނު ފަރުވާތެރިކަމާއެކު" އަމަލުކުރުމަށް ޝީ ގޮވާލެއްވިއެވެ. ޗައިނާއިން ދެކޭގޮތުގައި ތައިވާނަކީ އެ ޤައުމުގެ ބައެކެވެ. ނަމަވެސް ތައިވާނުން ދެކެނީ އެއީ އަމިއްލަ ވެރިކަމެއް ހިނގާ މިނިވަން ތަނެއްގެ ގޮތުގައެވެ. އެމެރިކާއިން ރަސްމީކޮށް ބަލައިގަންނަނީ ބެއިޖިންގްގެ ސަރުކާރު ނަމަވެސް، އެމެރިކާއަކީ ތައިވާނަށް އެންމެ ބޮޑަށް އެހީތެރިވާ އަދި ހަތިޔާރު ފޯރުކޮށްދޭ ޤައުމެވެ.
ބުރާސްފަތި ދުވަހުގެ ބައްދަލުވުމުގައި ޓްރަމްޕް ސީދާ ތައިވާނާ ބެހޭގޮތުން ވާހަކަދެއްކެވިކަން ހާމަވެފައެއް ނުވެއެވެ. ނަމަވެސް، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ދާދިފަހުން ވިދާޅުވެފައިވަނީ، ހަނގުރާމައަކަށް މަގުފަހިވިޔަ ނުދިނުމަށްޓަކައި މި މައްސަލައިގައި މަޝްވަރާކުރެވޭނެ ކަމަށެވެ.
"ތުސިޑައިޑްސް ޓްރެޕް" އާ މެދު ޝީ ދެއްވި އިންޒާރު
ބައްދަލުވުން ފައްޓަވަމުން ޝީ ވަނީ އެކަމަށް އިޝާރާތް ކުރައްވާފައެވެ. މިއީ އެމެރިކާގެ އިލްމުވެރިއެއް ކަމަށްވާ ގްރަހަމް އެލިސަން މަޝްހޫރުކުރެއްވި ސިޔާސީ ތިއަރީއެކެވެ. މީގެ މާނައަކީ ބާރުގަދަ ޤައުމަކަށް، އުފެދެމުން އަންނަ އެހެން ބާރެއްގެ ބިރު ހީވުމުން، އެކަމުގެ ސަބަބުން ކުރިމަތިލުމަކަށް ނުވަތަ ހަނގުރާމައަކަށް ދިއުމެވެ.
ޝީ ގޮވާލެއްވީ އެމެރިކާއާއި ޗައިނާއިން މި "ދަންތުރަ" އިން ސަލާމަތްވެ، ވާދަވެރިންގެ ބަދަލުގައި ބައިވެރިންނަށް ވުމަށެވެ. މިއީ ޗައިނާގެ ކުރިއެރުން އެމެރިކާއިން ބަލައިގަނެ، ކުރިމަތިލުންތަކުން ދުރުވުމަށް ބާރުއެޅުމުގެ ގޮތުން ޗައިނާގެ އޮފިޝަލުން ބޭނުންކުރާ އިބާރާތެކެވެ.
ޓްރަމްޕްގެ މި ދަތުރުގެ ވަފުދުގައި އެމެރިކާގެ މަޝްހޫރު ބޮޑެތި ވިޔަފާރިވެރިން ބައިވެރިވާތީ އެކަމަށް ވަނީ ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައެވެ. މީގެ ތެރޭގައި އީލޮން މަސްކް، ޓިމް ކުކް، ޖެންސަން ހުއާންގް (އެންވީޑިއާ)، އަދި ލެރީ ފިންކްގެ އިތުރުން، މެޓާ (ފޭސް ބުކް)، ބޮއިންގް އަދި ޖޭ.ޕީ މޯގަން ފަދަ ކުންފުނިތަކުގެ އިސްވެރިން ހިމެނެއެވެ.
ހާއްސަކޮށް އެންވީޑިއާގެ ޖެންސަން ހުއާންގް މި ވަފުދުގައި ހިމެނުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ. ސަބަބަކީ އެންވީޑިއާގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗިޕްތަކަކީ އެމެރިކާއާއި ޗައިނާގެ ޓެކްނޮލޮޖީގެ ވާދަވެރިކަމުގެ މައިގަނޑު އަސާސަށް ވާތީއެވެ.
އީރާނުގެ މައްސަލައިގައި ޗައިނާގެ އެހީތެރިކަން ބޭނުންނުވާ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އީރާން އަލުން މަޝްވަރާގެ މޭޒަށް ގެނައުމަށް ޗައިނާއިން ބާރުއަޅުމަށް ޓްރަމްޕް އެދިވަޑައިގަންނަވާނެ ކަމަށް މާހިރުން ލަފާކުރެއެވެ.
މީގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސްގެ ރޮނގުން ދެ ޤައުމުގެ މެދުގައި އޮތް ވާދަވެރިކަމަކީ "ޓެކްނޮލޮޖީގެ ހަތިޔާރުގެ ރޭހެއް" ގޮތުގައި ސިފަކުރެވެއެވެ. ބެލެވޭ ގޮތުގައި ކުރިއަށް އޮތް މަޝްވަރާތަކުގައި، ޗައިނާއިން ހޯދަން އުނދަގޫ މަދުން ފެންނަ މައުދަންތައް (ރައަރ މިނެރަލްސް) ދިނުމުގެ ބަދަލުގައި، އެމެރިކާއިން ޗައިނާގެ އެޑްވާންސް ސެމީކޮންޑަކްޓަރ ޓެކްނޮލޮޖީއަށް އަޅާފައިވާ ހުރަސްތަކަށް ލުޔެއް ދިނުމާ ގުޅޭގޮތުން އެއްބަސްވުމަކަށް އައުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ މުޅި ދުނިޔޭގެ އޭއައި ސިނާއަތަށް ބޮޑު ބަދަލެއް އަންނާނެ ކަމެކެވެ.
ރަމްޒީ ޑިޕްލޮމެސީ އާއި ރަސްމީ ހަފުލާތައް
ސިޔާސީ އަދި ވިޔަފާރީގެ މަޝްވަރާތަކުގެ އިތުރުން، މި ބައްދަލުވުމުގައި ރަމްޒީ ގޮތުން ގުޅުން ބަދަހިކުރުމަށްވެސް އިސްކަންދީފައިވެއެވެ. އެގޮތުން، މަޝްވަރާތަކަށްފަހު ޓްރަމްޕާއި ޝީ ވަނީ ތާރީޚީ "ޓެމްޕަލް އޮފް ހެވަން" އަށް ޒިޔާރަތްކުރައްވާފައެވެ. އަދި ރޭގަނޑުގެ ވަގުތުގައި ޚާއްޞަ ރަސްމީ ފަރިއްކޮޅެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ހުކުރު ދުވަހު، ޓްރަމްޕް ޒިޔާރަތްކުރައްވާނީ ޗައިނާގެ އެންމެ އިސްވެރިން ދިރިއުޅުއްވާ އަދި މަސައްކަތްކުރައްވާ "ޖޮންނަންހާއީ" ކޮމްޕައުންޑަށެވެ. މި ޒިޔާރަތުގެ ތެރޭގައި ރަސްމީ "އެކުވެރިކަމުގެ ފޮޓޯއެއް" ނެންގެވުމާއި، އެމެރިކާއަށް ފުރާވަޑައިގަތުމުގެ ކުރިން އިތުރު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އިޤުތިސާދީ ވާދަވެރިކަމާއި، އަސްކަރީ ނުތަނަވަސްކަމުގެ އިތުރުން ޓެކްނޮލޮޖީގެ ގޮންޖެހުންތަކުގެ ތެރެއިން ދެ ޤައުމުގެ ގުޅުން ހަނގުރާމައަކަށް ބަދަލުވިޔަނުދީ ހިފެހެއްޓުމަށް ކުރާ މި މަސައްކަތަށް މުޅި ދުނިޔެއިން މިހާރު އަންނަނީ ވަރަށް ގާތުން ފާރަވެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު